Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޗައިނާ

ޗައިނާ އީސްޓާންގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި

ޗައިނާގެ އެންމެ ބޮޑު އެއް އެއަރލައިން ކަމަށްވާ އީސްޓާން އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.

ކޮވިޑާ ގުޅިގެން މި އެއަރލައިންގެ ޝެޑިއުލް ދަތުރުތައް ހުއްޓާލައިފައި އޮތުމަށްފަހު ރޭ ވަނީ އަލުން ރާއްޖެއަށް ދަތުރުތައް ފަށައިފައެވެ.
މި ދަތުރުތައް ފެށުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވައިފައެވެ. އެގޮތުން ވޯޓާ ސެލިއުޓަކާއެކ އެއާޕޯޓުން ފަތުރުވެރިންނަށް މަރުހަބާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިޞަލާއި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވަންގ ލިޒިންއެވެ.
ޗައިނާއަކީ ކޮވިޑުގެ އާލަމީ ވަބާގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އެ ގައުމުގެ ބޯޑަރު ބަންދުކުރުމާއެކު އެ ގައުމުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރި އަދަދު ދަށަށް ދިޔައެވެ.
ޗައިނާގެ ބޯޑަރު މިދިޔަ އަހަރު އަލުން ހުޅުވާލައިފައިވާއިރު މިއަހަރު އަނެއްކާވެސް ޗައިނާ ވެފައިވަނީ އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާތު ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ޗައިނާއިން ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައި ވެއެވެ.
މި ލިއުމާއި ގުޅޭ