Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުގެ މި އަހަރުގެ އެއްވަނަ ރައްޔިތުންގެ ބައްދަލުވުން މިރޭ

މާލެ ސިޓީ ކައުންސިލުގެ މި އަހަރުގެ އެއްވަނަ ރައްޔިތުންގެ ބައްދަލުވުން މިރޭ ބާއްވަން ނިންމައިފިއެވެ.

މި ބައްދަލުވުން އޮންނާނީ މިރޭ 20:30 ގައި ލޮނުޒިޔާރަތް ޕާކުގައެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ މި ބައްދަލުވުމަށް ވަޑައިގެން ދެއްވުން އެދި ދައުވަތު ދީފައެވެ.
މިއީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު މޭޔަރު ކަމުން އިސްތިއުފާ ދެއްވައި ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ސިޓީ ކައުންސިލުން ބާއްވާ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމެވެ.
ރައީސް ޑރ.މުޢިއްޒު މޭޔަރަކަށް ހުންނެވިއިރު ރައްޔިތުންގެ ބައްދަލުވުންތައް ކުރިއަށް ގެންދެވީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައި, ރައްޔިތުން ބޭނުންވާ ކަންކަން ހިއްސާ ކުރުމުގެ ފުރުސަތު ހުޅުވައިލައިގެންނެވެ.
އެގޮތުން އޭރު ބޭއްވި ރައްޔިތުންގެ ބައްދަލުވުންތައް ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ގޮސްފައިވާކަން ވެސް މާލެ ސިޓީ ކައުންސިލުން ފާހަގަކޮށްފައި ވެއެވެ.
މި ލިއުމާއި ގުޅޭ