Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

ރޯދަމަހުގެ ފަހު ދިހައެއްގައި ސްޓެލްކޯގެ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގޮތް އިއުލާނުކޮށްފި

މި ފެށޭ ރަަމަޟާން މަހުގެ ފަހު ދިހައެއްގައި ސްޓެލްކޯގެ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގޮތް އިއުލާނުކޮށްފިއެވެ.
މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތައް ސަރުކާރު ބަންދު ދުވަސް ތަކެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ. ނަމަވެސް ސްޓެލްކޯއިން ބުނީ މި ދުވަސްތަކުގައި އެ ކުންފުނިން ރައްޔިތުންނަށް ދެމުންދާ ޚިދުމަތް މެދުނުކެނޑި ފޯރުކޮށް ދިނުމަށްޓަކައި (ހުކުރު ހޮނިހިރު ފިޔަވައި) ޚިދުމަތް ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން އެ ކުންފުނީގެ ހެޑްއޮފީހުގެ ކަސްޓަމަރ ސަރވިސަސް އެންޑް ބިލިންގގެ ޚިދުމަތްދޭ ކައުންޓަރާއިބހުޅުމާލެ އިންޖީނުގޭގެ ކަސްޓަމަރ ސަރވިސަސް އެންޑް ބިލިންގގެ ޚިދުމަތްދޭ ކައުންޓަރު، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު 11:00 އިން 13:30 އަށް ހުޅުވިފައި ހުންނާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މީގެއިތުރުން ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ހެޑް އޮފީހުގެ އިންފޮމޭޝަން/ލިޔެކިޔުމާއި ތަކެތި ބަލައިގަންނަ ކައުންޓަރު ވެސް އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު 11:00 އިން 13:00 އަށް ހުޅުވިފައި ހުންނާނެ ކަމަށެވެ. އަދި ކުންފުނީގެ ސޭލްސް ސެންޓަރު ހުޅުވިފައި ހުންނާނީ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު 13:00 އިން 16:00 އަށް ކަމަށެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނިން ޚިދުމަތް ފޯރުކޮށްދޭ އަތޮޅުތަކުގެ ރަށްތަކުގެ އިންޖީނުގެތަކުން ޚިދުމަތް ފޯރުކޮށްދޭ ކައުންޓަރުތައް ވެސް، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު 11:00 އިން 12:00 އަށް ހުޅުވިފައި ހުންނާނެ ކަމަށެވެ.

އެ ކުންފުނިން ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ފަދަ ގޮތަކަށް، ކުންފުނީގެ އިދާރީ މަސައްކަތްތައް ވެސް ރަމަޟާންމަހު ފަހު ދިހައެއްގެ ހުކުރު އަދި ހޮނިހިރު ފިޔަވައި، އެހެން ދުވަސަތަކުގައި އެ ކުންފުނިން ކަނޑައަޅާފައިވާ ގޮތުގެ މަތިން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މި ލިއުމާއި ގުޅޭ