Tuesday 22nd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެޗްޕީއޭ

ފާނަބަސަނދު ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ފ.އަތޮޅުންނާއި މާލެއިން: އެޗްޕީއޭ

މިހާރު ފެތުރެމުންދާ ފާނަބަސަނދު (ޗިކެންޕޮކްސް) ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ފ.އަތޮޅުންނާއި މާލެ ސަރަހައްދުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.
ފާނަބަސަނދު ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް އެޗްޕީއޭއިން އިއްޔެ ވަނީ އިލްތިމާސްކޮށްފައެވެ.

މި ބަލި އިތުރުވަމުންދާ މިންވަރާ ބެހޭ މައުލޫމާތުތައް ހިއްސާކުރައްވަމުން އެޗްޕީއޭގެ އޮފިޝަލަކު މިއަދު 'ދިޔަރެސް' އަށް ވިދާޅުވީ ފާނަބަސަނދު ފެތުރުން އިތުރުވަމުންދާ ކަމަށާއި މި އަހަރުގެ ޖަނަވަރީ މަހު 228 ކޭސް ރިޕޯޓް ކުރެވުނުއިރު ފެބުރުވަރީމަހުގެ މިހާތަނަށް ރިޕޯޓްކޮށްފައި ވަނީ 215 ކޭސް ކަމަށެވެ.

''ފާނަބަސަނދު ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޯށްފައިވަނީ ފ.އަތޮޅުންނާއި މާލެ ސަރަހައްދަުން'' އޮފިޝަލް ވިދާޅުވިއެވެ.
ފާނަބަސަނދަކީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. މި ބަލި އާންމުކޮށް ޖެހެނީ ކުޑަކުދިންނަށެވެ. ކުރިން މި ބަލި ނުޖެހޭ ކޮންމެ މީހަކީ މި ބަލި ޖެހިދާނެ މީހެކެވެ. ނަމަވެސް އެއްފަހަރު މި ބަލި ޖެހިއްޖެނަމަ ދެވަނަ ފަހަރަށް މި ބަލި ޖެހުމުގެ ފުރުސަތު ވަރަށް ކުޑައެވެ.
ބަލީގެ އަލާމާތްތައް:

ހުންއައުން.
ވަރުދެރަވުން.
ނޭފަތުން ފެން އައުން.
ގައިގައި ހަމުގައި ބިހިތަކެއް ނެގުން.
އެޗްޕީއޭއިން ވަނީ ބަލި ޖެހިފައިވާ މީހުންގެ ގާތަށް ޒިޔާރަތް ނުކުރުމަށާއި ބަލި ޖެހިފައިވާ މީހާ/ކުއްޖާގެ ގައިގައި ނަގާފައިވާ ބިހިތައް ކުރަމަގާލި ލަންދެން ބޭރުތެރެއަށް ނުނިކުތުމަށް އިލްތިމާސްކޮށްފައެވެ. އަދި ފާނަބަސަނދު ޖެހިއްޖެނަމަ ގޭގައި އުޅޭ އެހެން މީހުންނާ އެކަހެރިވުމަށާއި ބަލި ފަސޭހަވަންދެން ހިފާގެންގުޅޭ ތަކެތި ވަކިކުރުމަށާއި ވެކްސިން ޖެހުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.
މި ލިއުމާއި ގުޅޭ