Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަނގުރާ

ކުޑަހުވަދޫ ފުލުހުންގެ ބެލުމުގެ ދަށުގައިހުރި 300 އަށްވުރެ ގިނަ ބަނގުރާފުޅި ނައްތާލައިފި

300އަށް ވުރެ ގިނަ ފުޅި ބަނގުރާ ފުލުހުން 300 އަށްވުރެ ގިނަ ބަނގުރާފުޅި ނައްތާލައިފިއެވެ.


ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން މި މަހު ނައްތާލާފައިވަނީ 362 ފުޅި ބަނގުރަލާއި 514 ދަޅު ބިޔަރެވެ. ފުލުހުން ބުނީ މި ތަކެއްޗަކީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާތަކެތީގެ ތެެރެއިން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ކަމަށެވެ.

މިތަކެއްޗަކީ 2023 އޮކްޓޯބަރު 1 އިން މި އަހަރުގެ ޖަނަވަރީ މަހުގެ ނިޔަަލަށް ދާލު އެއާޕޯޓުން ފުރަންދިޔަ ފަތުުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިމަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވާފައިވާ ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

މި ލިއުމާއި ގުޅޭ