Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިކަން

ރާއްޖެއަށް ފުރަތަމަ ފަހަރަށް މަސްދުވަހުގެތެރޭ ދެ ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ރާއްޖެއަށް ފުރަތަމަ ފަހަރަށް އެއްމަސްދުވަހުގެ ތެރޭގައި 200,000 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް 200,000 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ފެބްރުއަރީއަށްވުރެ %20 އިތުރު އަދަދެކެވެ.
މިދިޔަ އަހަރު ފެބްރުއަރީ މަސް ނިމުނުއިރު ޒިޔާރަތްކުރީ 177,000 ފަތުރުވެރިންނެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގައި އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 7,600 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. ފަތުރުވެރިން އަންނަ މިންވަރު އިތުރުވެގެން ދިޔައީ ޗައިނާއިން ރާއްޖެ އަންނަ ފްލައިޓުތައް އިތުރުވުމާ ގުޅިގެންނެވެ.
ޗައިނާއިން މިއަހަރު ރާއްޖެއަށް 52,000 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާއިންނެވެ. އެ ގައުމުން 37,800 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމު ކަމަށް ވާ އިޓަލީވިލާތުން 37,300 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.
މި ލިއުމާއި ގުޅޭ