Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ށ.ފުނަދޫ

ރާއްޖޭގައި 'މަޑް ކްރެބް' އާލާކޮށް އާމްދަނީ ހޯދުމުގެ ދިރާސާއެއްކުރަނީ

ރާއްޖޭގައި 'މަޑް ކްރެބް' އާލާކޮށް އާމްދަނީ ހޯދޭތޯ ބަލަން ދިރާސާއެއްކުރަމުންދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ސަރުކާރުގެ ވަޒީރުން ރާއްޖޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ށ. ފުނަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

ފުނަދޫ ސްކޫލްގައި މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ މެރިކަލްޗާ ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ހާސް އިސްކަމެއް ދެއްވަވާކަމަށެވެ.

އަދި ވަޒީރު ވިދާޅުވީ، ރާއްޖޭގެ އިހްތިސާސްގެތެރޭގައި ހިމެނޭ ރަށްތަކުގެ ތެރެއިން ފުނަދޫއަކީ މެރިކަލްޗާ މިހާރަށްވުރެ ތަރައްގީކުރުމަށް ހާއްސަ ކަންކަންކުރެވެން އޮތް ރަށެއްކަމަށެވެ. އެގޮތުން، ފުނަދޫއިން ފެންނަ 'މަޑް ކްރެބް' އާލާކޮށް އޭގެން އާމްދަނީ ހޯދޭނެތޯ ބަލަން ހާއްސަ ދިރާސާއެއް މޯލްޑިވްސް މެރިން ރިސާޗް އިންސިޓިއުޓް (އެމްއެމްއާރްއީ) އިން ކުރަމުންގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުން، ރާއްޖޭގައި ހިންގަމުންދާ ރިސޯޓުތަކުގެ ތެރެއިން ގިނަ ރިސޯޓުތަކުން މަޑް ކްރެބް ގެންނަމުންދެއެވެ. ނަމަވެސް އަމިއްލައަށް އާލާކޮށްގެން ވިއްކާނަމަ ފުނަދޫ ރައްޔިތުންނަށް ވެސް އެ ދާއިރާއިން އާމްދަނީ ހޯދޭނެކަމަށް ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ