Wednesday 24th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އުތުރު ކޮރެއާ

އުތުރު ކޮރެއާއިން ހަތިޔާރުގެ ބޮޑު ޝިޕްމެންޓެއް ރަޝިއާއަށް ފޮނުވައިފި ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

އުތުރު ކޮރެއާއިން ހަތިޔާރުގެ ބޮޑު ޝިޕްމެންޓެއް ރަޝިއާއަށް ފޮނުވައިފި ކަމަށް ދެކުނު ކޮރެއާ އިން ތުހުމަތު ކޮށްފިއެވެ.

ދެކުނު ކޮރެއާގެ މި ތުހުމަތުތައް އަމާޒުވެފައި މިވަނީ ރަޝިއާ އިން އެ ގައުމުގެ ސަރަހައްދީ މަސްލަހަތު ދިފާއު ކުރަން ކަމަށް ބުނެ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔޫކުރޭނަށް ހަމަލާދީ އެ ގައުމާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އުތުރު ކޮރެއާ އިން މިދިޔަ އަހަރުގެ ޖުލައި މަހު، ހަތިޔާރު ވިއްކުމުގެ އެއްބަސްވުން ތަކެއް ރަޝިއާ އާއި އެކީ ހަދާފައިވާ ކަމަށާއި، އަދި އެ އެއްބަސްވުން ތަކުގެ ދަށުން އުތުރު ކޮރެއާ އިން ދަނީ އެ ގައުމުގައި އުފައްދާ ހަތިޔާރުތައް ރަޝިއާ އަށް ފޯރުކޮށްދެމުން ކަމަށް ދެކުނު ކޮރެއާގެ މީޑިއާ އިން ވަނީ ރިޕޯޓް ކޮށްފައެވެ.

އުތުރު ކޮރެއާ އިން އެތައް މިލިއަން ވަޒަނާއި ބޮޑު ބަޑީގެ ޝެލްތައް ރަޝިއާ އަށް ފޯރުކޮށްދީފައި ވާއިރު އެ ގައުމުން ވަނީ ރަޝިއާ އަށް ކުރު ރާސްތާގެ ބެލިސްޓިކް މިސައިލް ތައް ވެސް ފޯރުކޮށްދީފައެވެ.

ޔޫކުރޭނުން ހަނގުރާމައިގައި ބޭނުން ކުރަނީ ހުޅަނގުގެ ގައުމުތަކުން އެ ގައުމަށް ފޯރު ކޮށްދީފައިވާ އެންޓި މިސައިލް ސިސްޓަމް ތަކެވެ. މި އެންޓި މިސައިލް ސިސްޓަމް ތަކަކީ ރަޝިއާގެ މިސައިލް ތަކުން ރައްކާތެރިވުމަށް ވިސްނައިގެން އުފައްދާފައިވާ ސިސްޓަމް ތަކެއްކަމުން ރަޝިއާގެ ގިނަ މިސައިލް ތަކެއް ވަނީ އަމާޒަށް ވާސިލު ވުމުގެ ކުރިން ވައްޓާލާފައެވެ.

ނަމަވެސް ހަނގުރާމައިގެ އޮއިވަރު ބަދަލުވީ ރަޝިއާ އިން އުތުރު ކޮރެއާ އިން އުފައްދާފައިވާ ކުރު ރާސްތާގެ ބެލިސްޓިކް މިސައިލް ތައް ބޭނުން ކުރަން ފެށުމުންނެވެ. ޔޫކުރޭނަށް ހުޅަނގުން ހަދިޔާ ކޮށްފައިވާ އެންޓި މިސައިލް ސިސްޓަމް ތަކަކީ އުތުރު ކޮރެއާގެ މިސައިލް ތައް ދިރާސާ ކޮށްގެން އުފައްދާފައިވާ ސިސްޓަމް ތަކަަކަށް ނުވާތީ އެ ސިސްޓަމް ތަކަށް އުތުރު ކޮރެއާގެ މިސައިލު ތައް ހުއްޓުވުމަށް ވަނީ ނުކުޅެދިފައެވެ.

ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓަރު ޝިން ވޮން ސިކް ވިދާޅުވެފައި ވަނީ އެންމެ ފަހުން އުތުރު ކޮރެއާ އިން ރަޝިއާ އަށް އެހީވުމަށް ފޮނުވި ޝިޕްމެންޓް ގައި 6،700 ކޮންޓެއިނަރު ގެ ހަތިޔާރު ހުރި ކަމަށެވެ. އަދި އެ ކޮންޓެއިނަރު ތަކުގައި 3 މިލިއަން އާޓިލަރީ ޝެލްސް ހުންނާނެ ކަމަށާއި އަދި 500،000 ވަޒަން ވެސް ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ

މި ލިއުމާއި ގުޅޭ