Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

‎މިލަންދޫގައި އެއާޕޯޓެއް އެޅުމަށް ރައީސް ވަޢުދުވެވަޑައިގެންފި

‎ށ. މިލަންދޫގައި އެއާޕޯޓެއް އެޅުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފިއެވެ.

‎އުތުރުގެ ހަތަރު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ރައީސް ވަނީ މިއަދު މެންދުރު ށ. މިލަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މިލަންދޫ ރައްޔިތުން ބޭނުންވާ ގޮތަށް އެރަށުގައި އެއާޕޯޓެއް ތަރައްޤީކޮށްދެއްވާނެ ކަމަށެވެ.

‎ރައީސް ވިދާޅުވީ މިލަންދޫގެ ރައްޔިތުންގެ ކުރިމަގާއި ތަރައްގީއަށް ކުރަން ޖެހޭ ކަންކަން ކުރައްވާނެ ކަމަށާއި ރަށުގައި ކުރަން ހުރި ކަންތައްތަކުގެ ތެރެއިން އެކަކުން 10 އަށް ވެސް އޮތީ އެއާޕޯޓު ކަމަށް ރައީސް ވިދާޅުވިއެވެ.

‎އެއާޕޯޓެއްގެ އިތުރުންވެސް މިލަންދޫއަަށް ކޮށްދެއްވުމަށް ވައުދުވެފައިހުރި ކަންކަން ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން މިލަންދޫގައި އިސްލާމީ މަރުކަޒެއް އެޅުމުގެ މަސައްކަތާއި ހޮސްޕިޓަލާއި މަގުތައް ހެދުމާއި އިންޑޯ އާއި އައުޓްޑޯ ކުޅިވަރުތައް ކުޅޭ ކޮމްޕްލެކްސްއެއް އެޅުން ހިމެނެއެވެ.

‎ރައީސް ވިދާޅުވީ މަޝްރޫޢުތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމުގައި ރައްޔިތުން އެހީތެރިކަން ބޭނުންވާކަމަށެވެ. އެގޮތުން ބާރު ސްޕީޑްގައި އެ މަސައްކަތްތައް ކުރެވޭނީ ރައްޔިތުންގެ މަޖިލިހުގެ އެއްބާރުލުން ލިބިގެން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ