Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ

މިއަދު ރާއްޖޭގައި އޮތީ ދިމިގުރާތީ އުސޫލުން ހިނގަމުންދާ ވެރިކަމެއް: ޢަބްދުއްރަޙީމް

މިއަދު ރާއްޖޭގައި އޮތީ ދިމިގުރާތީ އުސޫލުން ހިނގަމުންދާ ވެރިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މުޝީރު އަދި ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިހާރު ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ށ.މިލަންދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ޢަބްދުއްރަޙީމް ވިދާޅުވީ މިއަދު ރާއްޖޭގައި އޮތީ ދިމިގުރާތީ އުސޫލުން ހިނގަމުންދާ ވެރިކަމެއް ކަމަށާއި މިފަދަ ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންނާ ހަމައިން
ރައްޔިތުންނާ ހަމައިން ކަމަށެވެ.
މި ރާއްޖޭގައި އެތައް ބޭފުޅަކު ވެރިކަން ކުރެއްވިއިރު އާރާއި ބާރާއި ޝާނާއި އަމިއްލަ ފައިދާއަށް ވެރިކަން ކުރެއްވި ބޭފުޅުންނާއި ރައްޔިތުންގެ މަންފާއަށް ވެރިކަން ކޮށްދެއްވި ބޭފުޅުން ތިއްބެވިކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. ނަމަވެސް މިދިޔަ ސަރުކާރުން ވެރިކަން ކުރީ އިއްޒަތާއި ލައްޒަތާއި ޝަރަފާއި ޝާނާއި އަމިއްލަ ލާބަޔާއި މަންފާއަށްޓަކައި ކަމަށާއި
އެހެންވެ މިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނުކުމެ ރައްޔިތުންގެ ވެރިކަމެއް ކޮށްދެއްވުމަށް ރައީސް ޑރ.މުޢިއްޒު އިންތިޚާބުކޮށްފައިވާ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
''ވޭތުވެގެންދިޔަ ފަސް އަހަރުގެ ނަތީޖާއަށް ބަލާފައި ދިވެހި ރައްޔިތުން ބުނީ ޢަބްދުﷲ ޝާހިދާއި އިބްރާހިމް މުޙައްމަދު ޞާލިޙާ މީހުން ގާތު ކަލޭމެނެއް ކަމަކުނުދެއޭ ވެރިކަން ކުރާކަށް. ކަލޭމެން ވެރިކަންކުރީ މަގާމުގެ އިއްޒަތާއި ލައްޒަތާއި ޝަރަފާއި ޝާނަށްޓަކައޭ. ކަލޭމެން ވެރިކަން ކުރީ ކަލޭމެންނަށްޓަކައޭ ކަލޭމެން ވެރިކަން ކުރީ ކަލޭމެންގެ ލާބަޔާއި މަންފާއަށްޓަކައޭ''
ޢަބްދުއްރަޙީމް ވިދާޅުވީ ރައްޔިތުންނަށްޓަކައި ވެރިކަން ކޮށްދެއްވާ ބޭފުޅަކު ރައްޔިތުން ގާތަށް ވަޑައިގެން ޝަކުވާތައް އަޑުއައްސަވައި އެ ކަންކަން ދެނެގަނެ ކުރިމަގު ބިނާކުރަން މަސައްކަތް ކުރައްވަން ފެށްޓެވުމުން ހަސަދަވެރިކަމާއި ބޮޑާކަމާއި ކިބުރުވެރިކަމުގެ ސަބަބުން އެ ކަންކަން ކިލަނބު ކުރަން ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަން ކުރާކަށް ރައްޔިތުން ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި ތިމާއަށް ނުކުރެވޭ ކަމެއް ތިމާއަށް ހާސިލުނުކުރެވުނު ކަމެއް އެހެން ބޭފުޅަކު ކުރައްވަން ފެށުމުން ނުވަތަ ހާސިލުކުރެއްވުމުން ހަސަދަވެރިވުން އެއީ އިންސާނާގެ ނިކަމެތިކަން ކަމަށާއި
އެކަން ބަލައިނުގަތުން އެއީ އިންސާނާގެ ނުކުޅެދުންތެރިކަން ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ނަމަވެސް މިއަދު ރާއްޖެއިން ފެންނަމުންދަނީ އެ މަންޒަރު ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ