Monday 24th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖޯޑަން

އުރުދުން އިން ވައިގެ މަގުން ޣައްޒާއަށް އެހީ ފޯރުކޮށްދީފި

އުރުދުން އިން ވައިގެ މަގުން ޣައްޒާއަށް އެހީ ފޯރުކޮށްދީފިއެވެ. މި އެހީ ފޯރުކޮށްދީފައިވަނީ ފްރާންސްގެ އެހީތެރި ކަމާއެކުގައެވެ.

މި ތަކެތި ޣައްޒާއަށް ވައިގެ މަގުން ފޯރުކޮށްދީފައިވަނީ އުރުދުން ސިފައިންގެ ތިން މަތިންދާ ބޯޓާއި ފްރާންސް ސިފައިންގެ އެއް މަތިންދާ ބޯޓު ބޭނުންކޮށްގެންނެވެ. ސީދާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ޣައްޒާގެ އައްސޭރިފަށުގެ 11 ހިސާބަކަށް ވައްޓާލި ތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ ރެޑީ މޭޑް ފުޑް ޕެކް ވެސް ހިމެނެއެވެ.

އޭގެ އިތުރުން، ފްރާންސް ގެ މަތިންދާ ބޯޓުން ވައްޓާލި އެހީގެ ތަކެތީގެ ތެރޭގައި ދެ ޓަނަށް ވުރެ ގިނަ ކާބޯތަކެއްޗާއި ސާފުތާހިރުކަމަށް ބޭނުންވާ ސާމާނު ހިމެނެއެވެ. މި ހުރިހާ ތަކެތި ވެސް ވައްޓާލާފައިވަނީ ކޮންޓެއިނަރު ތަކެއްގައި، ވައި ކުޑައިގެ އެހީގައި ކަމަށް އުރުދުން އިން ނެރުނު ބަޔާނެއްގައި ވެއެވެ.

އެހީގެ ބައެއް ކޮންޓެއިނަރުތައް މޫދަށް ވެއްޓުނު ނަމަވެސް އޭގައި ހުރި ޕެކޭޖުތައް ހަދާފައި ވަނީ ފެން ނުވަންނަ ގޮތަށް ކަމަށް ވާތީ ދޯނިފަހަރަށް ގޮސް އެތަކެތި ނެގުމަށް މަގުފަހިވެގެންދިޔަ ކަމަށާއި މޫދަށް ވެއްޓުނު ތަކެތި ނެގުމަށް ޣައްޒާގެ މަސްވެރިން ހަރަކާތްތެރިވި ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ.

ފްރާންސާއި އުރުދުން އިން ގުޅިގެން އިން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނަކީ އަކީ އުރުދުންގެ ރަސްގެފާނު، އަބްދުﷲ ދެވަނަ ގެ އިރުޝާދުގެ ދަށުން ކުރިއަށް ދިޔަ އޮޕަރޭޝަނެއް ކަމަށް އުރުދުންގެ ސިފައިން ވަނީ ބުނެފައެވެ. އަދި މިއީ އިންސާނީ އެހީތެރިކަން ޣައްޒާއަށް ފޯރުކޮށްދިނުމަށް މިހާތަނަށް އެގައުމުން ކުރިއަށް ގެންދެވުނު އެންމެ ބޮޑު އޮޕަރޭޝަން ކަމަށް ވެސް އެ އުރުދުންގެ ސިފައިން ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު، ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފެށިފަހުން ވެސް ، 16 ފަހަރު އުރުދުން އިން ވަނީ ޣައްޒާއަށް ވައިގެ މަގުން އެހީތެރިކަން ފޯރުކޮށްދީފައެވެ. މިގޮތުން، ދާދި ފަހުންވެސް ޣައްޒާގެ ހޮސްޕިޓަލް ތަކަށް ބޭނުންވާ އެހީ، އުރުދުން އާއި އިނގިރޭސިވިލާތް ގުޅިގެން ފޯރުކޮށްދީފައިވާ ކަން ފާހަގަކޮށްލަން ޖެހެއެވެ.

މި ލިއުމާއި ގުޅޭ