Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިމިނަލް ކޯޓު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަން ސާބިތުވެ 18 އަހަރުގެ ޖަލު ހުކުމެއް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަން ސާބިތުވެ ދެކުނުގެ ރަށެއްގެ ފިރިހެނެއްގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
2020 ވަނަ އަހަރު އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ބްލެކްމެއިލްކޮށް ޖިންސީ ގޯނާކުރި މައްސަލާގައި ހުކުމް އިއްވީ ތ.އަތޮޅު މީހެއްގެ މައްޗަށެވެ.
މި މައްސަލާގައި އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލިއެވެ.
އެއީ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާއާއި އެ މީހަކު ލައިގެން ހުރި ހެދުމެއްގެ ބޭރުން ފެންނާނެ ގޮތަކަށް ޖިންސީ ގުނަވަނެއް ހާމަކޮށްގެން ހުރުމުގެ ދައުވާއާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މި ދައުވާތައް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މި މަހުގެ 15 ގައި ވަނީ ކަނޑައަޅައިފައެވެ.
ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވެ 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު އެ މީހަކު ލައިގެން ހުރި ހެދުމެއްގެ ބޭރުން ފެންނާނެ ގޮތަކަށް ޖިންސީ ގުނަވަނެއް ހާމަކޮށްގެން ހުރުމުގެ ދައުވާއަށް އިއްވީ 3 އަހަރުގެ ޖަލު ހުކުމެކެވެ. އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއަށް އިއްވީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
މި ލިއުމާއި ގުޅޭ