Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން ޖުމްލަ 561 މިލިއަން ރުފިޔާ ދީފި

މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން ޖުމްލަ 561 މިލިއަން ރުފިޔާ ސަރުކާރުން ދީފިއެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން ޖުމްލަ 561 މިލިއަން ރުފިޔާ ޖަމާކުރެވިފައިވާކަން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވަނީ، އެ ވުޒާރާއިން މިއަދު ހެނދުނު އެކްސްއަށް ކޮށްފައިވާ ޕޯސްޓެއްގައެވެ.

އެ ވުޒާރާއިން މައުލޫމާތު ދީފައިވާގޮތުން، މިފްކޯއިން ވަނީ މިއަދު މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ ޖަމާކޮށްފައެވެ. އެހެންކަމުން، ފާއިތުވި 6 ދުވަސްތެރޭ ޖުމްލަ 105 މިލިއަން ރުފިޔާ ޖަމާކުރެވިފައިވާކަމަށް އެ ވުޒާރާއިން މައުލޫމާތުދީފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ މަސްވެރިންނަށް ދޭންޖެހި ނުދެވިވާ ފައިސާ ދެއްކުމަށް ކަމާގުޅޭ އިދާރާތައް މެދުވެރިކޮށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރި ޕޯސްޓުގައިވެއެވެ.

މީގެ އިތުރުން، ބެކްލޮގްގައި ހުރި ފައިސާ މަސްވެރިންނަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ކުރަންޖެހޭ ކަންކަން ކުރަމުންދާކަމަށް އެ ވުޒާރާއިން މައުލޫމާތުދީފައިވެއެވެ. މިއަދު މަސްވެރިންނަށް ސަރުކާރުން ޖަމާކުރި ފައިސާއާއެކު ޖުމްލަ 561 މިލިއަން ފައިސާ މަސްވެރިންނަށް ޖަމާކުރެވިއްޖެއެވެ.

މިފްކޯއިން އިއްޔެ އެކްސްއަށް ކުރި ޕޯސްޓެއްގައި، މަސްވެރިންނަށް ފައިސާ ދޫކުރުމުގައި މަސްވެރިންގެ ފަރާތުން މިފްކޯއަށް ލިބޭ އެއްބާރުލެއްވުމަށް މިފްކޯގެ ސީއީއޯ އަދި މެނޭޖްމަންޓުގެ ފަރާތުން ޝުކުރުދަންނަވާފައިވެއެވެ.

މި ލިއުމާއި ގުޅޭ