Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެކްސިޑެންޓު

އައްޑޫ ސިޓީގައި 2 ކާރު ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އައްޑޫ ސިޓީގައި 2 ކާރު ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓުގެ ވީޑިއޯ މީސްމީޑިއާގައި ދައުރުވާއިރު އެ ވީޑިއޯއިން ފެންނަގޮތުގައި ޖެހިފައިވާ ދެ ކާރުގެ ތެރެއިން އެއްކާރު ވަނީ ޕޭމަންޓުމަށްޗަށް ފުރޮޅާލާފައެވެ.

އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތުދިން ގޮތުން، އެކްސިޑެންޓު ހިނގާފައިވަނީ، މިއަދު ހެނދުނު 08:15 ހާއިރު ހިތަދޫ ކައުންސިލްކައިރީގައެވެ. އެކްސިޑެންޓިގައި އެއްކާރު ފުރޮޅާލާ ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު އަނެއްކާރުގެ ކުރިމަތީ ކަވަރު ހުރީ އެއްކޮށްހެން ހަލާކުވެފައެވެ.

އެކްސިޑެންޓުގައި ހިމެނޭ ދެ ކާރަށް ބޮޑެތި ގެއްލުންތަކެއްވީނަމަވެސް، އެ ހާދިސާގައި ހިމެނޭ އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބިފައިނުވާކަމަށާއި އެކްސިޑެންޓު ހިނގާފައިވާ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާކަމަށް އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތުދީފައިވެއެވެ.

މި ލިއުމާއި ގުޅޭ