Sunday 21st Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލްޖީރިއާ

އެއްލައްކަ ވިހި ހާސް މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭވަރުގެ މިސްކިތެއް އަލްޖީރިއާގައި ހުޅުވައިފި

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އަދި އެފްރިކާގެ އެންމެ ބޮޑު މިސްކިތް އަލްޖީރިއާއިން ހުޅުވައިފިއެވެ.

ސިޔާސީ ސަބަބު ތަކާއެކު އެތައް އަހަރެއް ވަންދެން ލަސްވެފައި އޮތް މިމިސްކިތަކީ އެއްފަހަރާ 120،000 މީހުންނަށް ނަމާދުކުރެވޭ ވަރުގެ ޖާގައިގެ މިސްކިތެކެވެ.

ގްރޭންޑް މޮސްކް އޮފް އަލްޖިއާސް ނުވަތަ އަލްޖީރިއާގެ ބަހުންނަމަ ޖަމާ އަލް ޖަޒާއިރު ރަސްމީ ކޮށް ހުޅުވައިދެއްވީ އެގައުމުގެ ރައީސް އަބްދުލްމަޖީދު ތަބޫން އެވެ.

އެ މިސްކިތަކީ މައްކާ އަދި މަދީނާގައިވާ ދެ ހަރަމްފުޅަށް ފަހު ދުނިޔޭގެ އެންމެ ބޮޑު މިސްކިތެވެ.

އެ މިސްކިތް ބިނާކުރެވިފައިވަނީ 27.75 ހެކްޓަރު ބިމެއްގައި 7 އަހަރު ދުވަހުގެ މަތިންނެވެ. މިސްކިތުގައި ލަކުޑިއާއި ސަންގުމަރުމަރު ހިލަ ބޭނުން ކޮށްފައިވާއިރު މިސްކިތް ފަރުމާ ކޮށްފައިވަނީ އަރަބި އަދި އުތުރު އެފްރިކާގެ ވައްޓަފާޅިއަށެވެ.

އެ މިސްކިތުގައި ހެލިކޮޕްޓަރު ޖައްސާ ތަނަކާއި އެއް މިލިއަން ފޮތް ބެހެއްޓޭ ވަރުގެ ލައިބްރަރީއެއްވެސް ހުންނަ ކަމަށް ެއަލްޖަޒީރާއިން ރިޕޯޓްކޮށްފައި ވެއެވެ.

ރަސްމީކޮށް އެމިސްކިތް ހުޅުނީ އިއްޔެ ނަމަވެސް އެ މިސްކިތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތަކީ ވަރަށް ބޮޑަށް ރަމްޒީ ރަސްމިއްޔާތެކެވެ. އެއީ ގާތްގަނޑަކަށް ފާއިތުވި ފަސް އަހަރުން ފެށިގެން އެ މިސްކިތް ހުންނަނީ ބައިނަލްއަގުވާމީ ފަތުރުވެރިންނަށާއި ދައުލަތުގެ މެހެމާނުންނަށް ހުޅުވާލާފައެވެ. އަދި 2020 ވަނަ އަހަރުއްސުރެ އެ މިސްކިތުގައި ދަނީ ނަމާދު ކުރަމުންނެވެ.

މުޒާހަރާތަކާއި އެގައުމުގެ އަސްކަރިއްޔާއިން ކުރި މަސައްކަތަށް ފަހު 20 އަހަރަށްފަހު 2019 ވަނަ އަހަރު އެގައުމުގެ ރައީސްކަމުން ކުރީގެ ރައީސް އަބްދުލްއަޒީޒް ބައުތަފްލިކާ އިސްތިއުފާ ދޭން މަޖުބޫރު ވުމުގެ ކުރިން އެ މިސްކިތަށް ނަންދީފައިވަނީ އަބްދުލްއަޒީޒްގެ ނަންފުޅުންނެވެ. އަދި އެ މިސްކިތް ހުޅުވަން ނިންމާފައި އޮތީ 2019 ވަނަ އަހަރުގެ ފެބުުރުއަރީ މަހުއެވެ.

މި ލިއުމާއި ގުޅޭ