Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރެސްކިއު ޑައިވަރުން

ރެސްކިއު ޑައިވަރ ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 56 ފަޅުވެރިއަކު ކޯސް ފުރިހަމަކޮށްފި

ރާއްޖޭގައި ފީނައިގެން އެންވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނު ކުރުމަށް ހިންގާ ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ޖުމްލަ 56 ފަޅުވެރިން ރެސްކިއު ޑައިވަރ ކޯސް ފުރިހަމަކޮށްފިއެވެ.
މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު ކަނޑައަޅުއްވާފައިވާ މަސްވެރިކަމުގެ ސިޔާސަތު ތަންފީޒު ކުރުމަށް އެ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ފީނައިގެން އެންވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނު ކުރުމަށް ހިންގާ ޕްރޮގްރާމުގެ އެހީގައި ދެކުނުގެ 56 ދޯންޏަކުން 56 ފަޅުވެރިއަކު ރެސްކިއު ޑައިވް ކޯސް ފުރިހަމަކޮށްފައިވާ ކަމަށެވެ.
  • ކޯސް ހިންގި ރަށްރަށާއި ކޯސް ފުރިހަމަކުރި ފަޅުވެރިންގެ އަދަދު:
  • ގދ. މަޑަވެލި 08
  • ގއ. ކޮލަމާފުށި 05
  • ގއ. ވިލިނގިލި 14
  • ގއ. ދެއްވަދޫ 07
  • ގއ. ނިލަންދޫ 04
  • ގއ. ދާންދޫ 07
  • ސ. މަރަދޫ 11
ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނުކުރުމުގެ ޕްރޮގްރާމް އިފުތިތާހު ކުރީ މިދިޔަ ޖަނަވަރީ ފަހުކޮޅުގައި ގދ.މަޑަވެލީގައެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ނިންމާފައި އޮތީ މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 50 ފަޅުވެރިން ތަމްރީން ކުރުމަށެވެ. ނަމަވެސް ޕްރޮގްރާމަށް ލިބުނު ތަރުހީބުގެ ބޮޑުކަމުން އިތުރު ހަ ފަޅުވެރިއަކު ކޯސް ފުރިހަމަކުރީއެވެ.
މި ޕްރޮގްރާމުގެ ދެވަނަ ބުރު ފަށާނީ އަންނަ އަހަރުއެވެ. ދެވަނަ ބުރު އަމާޒުކުރާނީ މުޅި ރާއްޖެއަށެވެ.
މި ލިއުމާއި ގުޅޭ