Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ކެލާ ފަޅުގައި ރިޒޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއު ހަގީގަތަކަށް ހަދައިދޭނަން: ރައީސް

ތިލަދުންމަތީ އުތުރުބުރީ ކެލާ ފަޅުގައި ރިޒޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއު ހަގީގަތަކަށް ހަދައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އުތުރުގެ ހަތަރު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ކެލަޔަށް ވަޑައިގެން ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެ ރަށަށް ވަޑައިގެންނެވުމުން އިގުތިސާދީ ގޮތުން ކުރިއަށް ގެންދަންހުރި ކަންކަމަށް އަލިމަގު ފެންނަން ބޭނުންވާ ވާހަކަ ރައްޔިތުން ދެންނެވި ކަމަށާއި އުމްރާނީ ތަރައްގީގެ ރޮނގުން ކުރަންހުރި ކަންކަން ހަލުވިމިނުގައި ފުޅާކޮށް ކުރިއަށްދާން ބޭނުންވާ ވާހަކައާއި ސިއްހީ ދާއިރާ ރަނގަޅުކުރަން ބޭނުންވާ ވާހަކަ ދެންނެވި ކަމަށެވެ.
މި ހުރިހާ ވާހަކަތަކެއް ދަންނަވައި، އަޅުގަނޑު ވާނީ އެކަންކަމަށް ވައުދުތަކެއް ވެފައި. އާދެ މި ރަށުގެ ތަރައްގީއަށް ތިޔަބޭފުޅުން އަޅުގަނޑުގެ ކިބައިން އެދުނު ހުރިހާ ކަމަކީ، ވައުދުތައް ވީގޮތަށް، ވައުދުވެފައިވާ ގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ފުއްދާނެ ކަންތައްތައްކަން ހަމަ މިއަދުވެސް އޭރު ޔަގީންކަންދިން ވަރަށްވުރެވެސް ޔަގީންކޮށް އަޅުގަނޑު ދަންނަވާލަން ބޭނުން.'' ރައީސް ވިދާޅުވިއެވެ.
އެގޮތުން ރަށުގެ ތަރައްގީއަށް ޓޫރިޒަމް ތަރައްގީ ކުރުމަކީ އެއް ވައުދުކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ކެލާ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރުން އެއީ އެންމެ މުހިންމު މަޝްރޫއު ކަމަށާއި އެ މަޝްރޫއު ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށެވެ.
''އޭގެއިތުރަށް ވެސް، ހިނގަމުންދާ ޓޫރިޒަމް މަޝްރޫއު ވެސް އެބައޮތް، މި ފަޅުގެ ތެރޭގައި. އަދި އޭގެ ސަބަބުން ފައިދާވާނީ މި ރަށަށް އެކަންޏެއް ނޫން. ހަމަ އެހެން ރަށްތަކަށްވެސް ފައިދާވާނެ. މި އަތޮޅަށް ފައިދާވާނެ.''
ރައީސް
ރައީސް ވިދާޅުވީ ބަޖެޓުގެ ތެރެއިން ޖާގަ ފަހިކުރަމުން، ހިނގަހިނގާ ހުރި މަޝްރޫއުތައް ހުއްޓިފައި ހުރިއްޔާ، އެ މަޝްރޫއުތައް ފެށުމާއި، އަލަށް ފަށަންޖެހޭ މަޝްރޫއުތައް ފެށުން ކުރިއަށްދާނެ ކަމަށެވެ.
މި ލިއުމާއި ގުޅޭ