Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބާ ކައުންސިލް

ބާ ކައުންސިލް ރައީސް އިންތިޚާބު: ކެންޑިޑޭޓުންގެ ނަންތައް އާންމުކޮށްފި

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ބާ ކައުންސިލުން އިއުލާނުކޮށްފިއެވެ.
ބާ ކައުންސިލުން ހާމަކުރި ގޮތުގައި 17 މާރިޗުގައި ބާއްވާ އެ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ހުސްވެފައިވާ މަގާމުތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ރައީސްކަމަށް ވާދަކުރައްވަނީ ދެ ބޭފުޅުންނެވެ.
އެއީ ޙުސައިން ސިރާޖު (ކެންޑިޑޭޓް ނަންބަރު 1) އާއި މުޙައްމަދު ފައިޞަލް (ކެންޑިޑޭޓް ނަންބަރު 2) އެވެ.
އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް ވާދަކުރައްވަނީ އެންމެ ބޭފުޅެކެވެ. އެއީ އަޙްމަދު ޝިފާޢުއެވެ.
މި އިންތިޚާބުގައި އިލެކްޓްރޯނިކް ނިޒާމު މެދުވެރިކޮށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު މި މަހުގެ 29 ގެ ނިޔަލަށް ހުޅުވައިލައިފައިވާއިރު އިންތިޚާބާގުޅޭ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.
އެގޮތުން އެ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމުގެ ގަވާއިދުދަށުން ގާއިމުކޮށްފައިވާ އާންމު މެންބަރުންގެ ތެރެއިން 3 މެންބަރުން އެކުލެވޭ "ޝަކުވާ ބަލާ ކޮމިޓީ" ވަނީ އެކުލަވައިލައިފައެވެ.
މި ލިއުމާއި ގުޅޭ