Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

މިދިޔަ 5 އަހަރު ނެގި ލޯނުތަކުން ހިންގި އެއްވެސް މަޝްރޫއުއަކުން ވިޔަފާރިއަކަށް ވީ ފައިދާއެއް ނެތް: ރައީސް

މިދިޔަ ފަސް އަހަރު ސަރުކާރުން ނެގި ލޯނުތަކުން ކުރިއަށްގެންދިޔަ އެއްވެސް މަޝްރޫއުއަކުން ރާއްޖޭގެ އެއްވެސް ވިޔަފާރިއަކަށްވީ ފައިދާއެއް ނެތް ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
މިހާރު އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބާރަށަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ގައުމީ ބޮޑެތި މައްސަލަތައް ހައްލުކުރުމާއި އިގުތިސާދު ވައްޓާލާފައި އޮތް އަނދަވަޅުން ނަގައި ކޮޅަށްޖެހުމާއި އުމްރާނީ ތަރައްގީގެ ދާއިރާއިން ރާއްޖެ ކުރިއަށް ގެންދިޔުމާއި ޒުވާނުންނަށް ބޭނުންވާ ކްރިއޭޓިވް އިކޮނޮމީއެއް ގާއިމުކުރުމާއި މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމާއި މުޅިން އަލަށް ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާ އެތައް ގުނަޔަކަށް ފުޅާކުރުމާއި ރާއްޖޭގައި ފުޑް ސެކިއުރިޓީ ގާއިމުކުރުމާއި މި ހުރިހާ ކަމެއް މިހާރު ފެށިފައިވާ ކަމަށެވެ.
އެގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯން ގާއިމުކުރުމަށް ފުރަތަމަ ފަހަރަށް ރާއްޖެއަށް މިހާރު އިންވެސްޓްމަންޓް ޕްރޮޕޯޒަލް ލިބިފައިވާ ކަމަށާއި ސްޕެޝަލް މިފަދަ އެތައް ކަމެއް ފެށިފައިވާ ވާހަކަ ރައީސް ތަކުރާރު ކުރެއްވިއެވެ.
އެހެންކަމުން މިކަންކަމުން ރައްޔިތުންގެ ޖީބަށް މުއްސަނދިކަން އަންނާނެ ކަމަށާއި ޗައިނާއާ އެކީގައި ސޮއިކުރި 20 އެމްއޯޔޫގެ ތެރެއިން އަންނަ އިންވެސްޓްމަންޓްތައް ހިނގާ މަޝްރޫއުތަކުން، ކުރީގައި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ މަސައްކަތް ހިނގިއިރުގައި ރައްޔިތުން މުއްސަނދިވި ގޮތަށް މުއްސަނދިކަން ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
''މިދިޔަ ފަސް އަހަރު ރާއްޖެއަށް ގެނައި ލޯނުތަކުން ކުރިއަށްގެންދިޔަ އެއްވެސް މަޝްރޫއުއަކުން ރާއްޖޭގެ އެއްވެސް ވިޔަފާރިއަކަށްވީ ފައިދާއެއް ނެތް. އެންމެކުޑަމިނުން ކުޑަކުޑަ މޮހޮރެއް، ރާއްޖޭގެ ފިހާރަޔަކުން ގަންނަން، އެ އެގްރީމެންޓްތަކުގައި ނެތީ. ނެތީމަ އިންޑިއާއިން ގެނެސްފައި ހުރީ.''
ރައީސް
ރައީސް ވިދާޅުވީ ކުރިއަށް އޮތީ ރައްޔިތުންނަށް މުއްސަނދިކަން ލިބޭނެ ދުވަސްތައް ކަމަށާއި މި ދުވަސްތައް ރައްޔިތުންނާ ހަމަޔަށް އަންނާނެކަން އިދިކޮޅު ފަރާތްތަކަށް ވެސް އެނގޭ ކަމަށެވެ. އެހެންކަމުން އެއަށް ހުރަސްއަޅަން އެނގިހުރެ ފުރުސަތު ދިނުމަކީ، އެހާ ބުއްދިވެރި ގޮތަކަށް ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
''އާދެ، އެހެންވީމާ، ތިޔަ ބޭފުޅުންގެ އަތްމައްޗަށް މި އަންނަ މުހިންމު ގައުމީ ދަނޑިވަޅު މި އަންނަނީ. ވިސްނާވަޑައިގެން، ކަންކަން ނިންމުމަކީ، ގައުމީ ވިސްނުމަކުން ވިސްނާއިރުގައިވެސް، ތަރައްގީގެ ވިސްނުމަކުން ވިސްނާއިރުގައިވެސް، ފަރުދީ މުއްސަނދިކަމުގެ ވިސްނުމަކުން ވިސްނާއިރުގައިވެސް ވަރަށް މުހިންމު ކަމެއް.'' ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް އިޝާާރަތްކުރައްވަމުން ރައީސް ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ