Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

މަޖިލީހުގެ ތެރެއިން ސަރުކާރުގެ މަސައްކަތްތައް ކުރިއަށްގެންދަން ޝުޖާއަކީ މުހިންމު ބޭފުޅެއް: ރައީސް

މާޗު 17 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބާރަށު ދާއިރާއަށް ވާދަކުރައްވާ ސަރުކާރުގެ ކެންޑިޑޭޓަކީ މަޖިލީހަށް ވަަރަށް މުހިންމު ބޭފުޅެއްކަން ފާހަގަކުރައްވައި ޝުޖާއު އިންތިޚާބުކޮށްދިނުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް މިކަމަށް އެދިވަޑައިގެންނެވީ ބާރަށުގައި ހުންނަވައި އިއްޔެ ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
ބާރަށު ރައްޔިތުންނަށް ދެއްވި އެ މެސެޖުގައި ރައީސް ވިދާޅުވީ ޝުޖާއަކީ އެމަނިކުފާނުގެ ކެންޑިޑޭޓް ކަމަށާއި އެކަމަށް ޝައްކު ނުކުރެއްވުމަށެވެ.
ބާރަށު ދާއިރާގެ ތަރައްގީއަށް ސަރުކާރުން ކުރަން ހުރި މަަސައްކަތްތައް ކުރުމަށާއި އަދިވެސް މަޖިލީހުގެ ތެރެއިން ކުރަން ހުރި އިތުރު ކަންކަން ކުރުމަށް ޝުޖާއަކީ ވަރަށް މުހިންމު ބޭފުޅެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
''އަޅުގަނޑަށް ހަމަ ކޮންމެހެން ވެސް މުހިންމު ތިޔަބޭފުޅުން ޝުޖާއަށް ވޯޓުދެއްވުން''
ރައީސް
ރައީސްގެ މެސެޖާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާ ވިދާޅުވީ ދާއިރާގެ ރައްޔިތުންގެ ވޯޓާއެކު ބާރަށު ދާއިރާގެ ގޮނޑި ވެގެންދާނީ ރައީސް ޑރ.މުޢިއްޒުގެ ސަރުކާރު ނެގެހެއްޓުމަށް އެންމެ ބުރަމަސައްކަތް ކުރާނެ އެއް ގޮނޑިއަށް ކަމަށެވެ.
އަދި ބާރަށު ދާއިރާގެ މައިކް ވެގެންދާނީ ދާއިރާގެ ރައްޔިތުންގެ ހައްގުގައި އެންމެ އަޑު ހަރުކޮށް ވަކާލާތު ކުރާނެ މައިކަށް ކަމަށާއި ރައީސް ޑރ.މުޢިއްޒުގެ ވައުދުތައް ފުއްދުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އައު ގާނޫނުތައް ވުޖޫދު ކުރުމަށް ކުރެވޭ އެންމެހައި ބަހުސްތަކުގައި ބާރަށު ދާއިރާގެ މައިކް އަބަދުވެސް ދިއްލިފައި ހުންނާނެ ކަމަށް ކުރިން އެ ދާއިރާގެ މެންބަރުކަން ކުރެއްވި ޝުޖާ ވިދާޅުވިއެވެ.
''މިއީ އެންމެންގެ ޝުޖާޢު. އަޅުގަނޑަކީ 1 ނަމްބަރު ކެނޑިޑޭޓް.'' ޝުޖާ ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ