Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

އެއްބަސްވެފައިވާ ތާރީޚުތަކާ އެއްގޮތަށް އިންޑިއާ ސިފައިން ގެންގޮސް ނިންމާތަން ވަރަށް އަވަހަށް ފެންނާނެ: ރައީސް

އިންޑިއާއާއެކު ރާއްޖެއިން އެއްބަސްވެފައިވާ ތާރީޚުތަކާ އެއްގޮތަށް އިންޑިއާ ސިފައިން ގެންގޮސް ނިންމާތަން ވަރަށް އަވަހަށް ފެންނާނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ.މުޢިއްޒު މިހެން ވިދާޅުވީ ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބާރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުން އެމަނިކުފާނާ ހަވާލުކުރި އެއްކަމަކީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ގެންގޮސް ނިންމައިދިނުމަށް ކަމަށާއި ފުރަތަމަ ދުވަހު އެ މަސައްކަތް ފެށްޓެވި ކަމަށެވެ. ފަށައިގެން މިއަދާ ހަމަޔަށް އައިއިރުގައި، ވަރަށް ބޮޑެތި ކާމިޔާބީތައް ހާސިލުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން އިންޑިޔާގެ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދުގައި ލެޓަރ އޮފް އެކްސްޗޭންޖްގައި މިހާރު ތާރީޚުތަކެއްގައި ސޮއިކުރެވިފައިވާ ކަމަށާއި ތާރީޚުތަކާ އެއްގޮތަށް އިންޑިއާ ސިފައިން ގެންގޮސް ނިންމާތަން ވަރަށް އަވަހަށް ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން މަޝްވަރާތައް ކުރިއަށްދާއިރު އެންމެފަހުގެ މަޝްވަރާތަކުން އެއްބަސްވެފައިވާ ގޮތުގެ މަތިން، ރާއްޖޭގައި ގާއިމުވެފައި ތިބި 3 އޭވިއޭޝަން ޕްލެޓްފޯމުގެ ތެރެއިން 1 ޕްލެޓްފޯމުގައި ތިބި މިލިޓަރީ ފަރާތްތައް 10 މާރިޗުގެ ކުރިން ގެންދާނެއެވެ. އަދި ބާކީ 2 ޕްލެޓްފޯމުން 10 މޭ ގެ ކުރިން މިލިޓަރީ ފަރާތްތައް ގެންދާނެއެވެ.
''އެ ތާރީޚުތަކާ އެއްގޮތަށް އެ މީހުން ގެންގޮސް ނިންމާތަން ފެންނާނެ ވަރަށް އަވަހަށް.''
ރައީސް

ރައީސް ވިދާޅުވީ ރައްޔިތުންނަށް ފެންނަމުންދާނީ މިގޮތަށް ނަތީޖާ ނެރެދެއްވަމުންދާ ތަން ކަމަށެވެ.

އިންޑިއާ ސިފައިން ގެންދަން އެ ގައުމުން އެއްބަސްވެފައިވާއިރު ރާއްޖޭގެ ކަނޑުއަޑީގެ ޗާޓުތައް ކުރަހައި ކަންކަން ބެލުމުގެ ބޮޑެތި އިޚްތިޔާރުތަކެއް އިންޑިއާއަށް ލިބިދީފައިވާ އެއްބަސްވުން ދިވެހި ދައުލަތުން އަލުން އާ ނުކުރާނެކަންވެސް ރަސްމީ ހަމަތަކުގެ މަތީން މިހާރު ވަނީ އަންގަވައިފައެވެ.
މި ލިއުމާއި ގުޅޭ