Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް އޮފީސް

ރަމަޟާން މަހުގެ ރަސްމީގަޑިއަކީ ހެނދުނު 9އިން 1އަށް: ރައީސް އޮފީސް

ރަމަޟާން މަހުގެ ރަސްމީގަޑިއަކީ ހެނދުނު 9 އިން 1 އަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއުލާންކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް ވެފައިވާ ވައުދާ އެއްގޮތައް ރަމަޟާން މަހުގެ ފަހު 10 ދުވަސްތަކަކީ ސަރުކާރު ބަންދުދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. ރައީސް ވިދާޅުވެފައިވާ ގޮތުން، ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ ދުނިޔެވީ ކަންކަމުގައި ވަގުތު ހޭދަކުރުމުގެ ބަދަލުގައި، އަޅުކަމުގައި ވަގުތު ހޭދަަކުރަންވީ ދުވަސްވަސްތަކެކެވެ.

ރައީސް އޮފީހުން އިއުލާންކޮށްފައިވާގޮތުން، ރޯދަމަހުގެ ދުވަސްތަކާއި 6 ރޯދައިގެ ދުވަސްތަކުގައި ސަރުކާރުގެ ރަސްމީގަޑިއަކީ، ހެނދުނު 9 އިން މެދުރު 1 އަށެވެ.

ރަމަޟާން މަހުގެ ފަހު 10 ދުވަސްތަކުގައި ސަރުކާރު ބަންދުކޮށްފައިވާނަމަވެސް، ބޭންކުތަކުގެ ހިދުމަތްތަކާއި ސާނަވީ ގްރޭޑުތަކުގެ ކިޔެވުން ކުރިއަށްދާނެކަމަށސް ސަރުކާރުން ހާމަކޮށްފައިވެއެވެ. އެގޮތުން ބޭންކުތަކުގެ ހިދުމަތް ރަމަޞާން މަހުގެ ފަހު 10 ދުވަހުގައި ލިބޭނީ ހެނދުނު 10އިން މެންދުރު 12އަށެވެ. އަދި ރަމަޟާން މަހުގެ އެހެން ދުވަސްތަކުގައި ބޭންކު ހުޅުވާފައިހުންނާނީ، ހެނދުނު 09:30އިން މެނދުރު 12 އަށެވެ.

މި ލިއުމާއި ގުޅޭ