Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ހަނި މޮޅަކާ އެލު ރެއާލަށް އެއް ވަނައިގައި ލީޑެއް

ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑުން 0-1 އިން ސެވިއްޔާ ބަލިކޮށްފި އެވެ.

މޮޅާ އެކު ރެއާލަށް ވަނީ އެއް ވަނައިގައި 8 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. އެޓީމަށް 26 މެޗުން 65 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތް ބާސެލޯނާ އަށް 26 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ. ތިން ވަނައިގައި އޮތީ 25 މެޗުން 56 ޕޮއިންޓް ހޯދާފައިވާ ޖިރޯނާ އެވެ.

ރޭގެ މެޗުގައި ރެއާލްގެ ހަމައެކަނި ގޯލު 81 ވަނަ މިނެޓުގައި ޖެހީ އުމުރުން 38 އަހަރުގެ ލޫކަ މޮޑްރިޗެވެ. މޮޑްރިޗް ގޯލު ޖެހީ ބެންޗުން ކުޅެން އަރަ އެވެ.

މޮޑްރިޗްގެ ގޯލުގެ އިތުރުން ރެއާލްގެ ލޫކަސް ވަޒްކޭޒް އަދި ފެޑެރިކޯ ވަލްވާޑޭ އަށް ގޯލު ޖަހާނެ ފުރުސަތު ލިބި ބޭކާރުވި އެވެ. އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ވެސް މިޑްފީލްޑަރު ޖޫޑް ބެލިންހަމް ކުޅެފައެއްނުވެ އެވެ.

ލީގުގައި ޖިރޯނާ މިރޭ ނުކުންނާނީ ރަޔޯ ވަޔެކާނޯއާ ދެކޮޅަށެވެ.

ސްޕެއިން ލީގުގައި ރޭ ކާޑިޒް އާއި ސެލްޓަ ވީގޯ ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ރެއާލް ބެޓިސް ވަނީ އެތުލެޓިކް ބިލްބާއޯ އަތުން 1-3 އިން މޮޅުވެފަ އެވެ. ލަސް ޕަލްމަސް އާއި އޮސަސޫނާ މެޗު ނިމުނީ 1-1 އިންނެވެ.

މި ލިއުމާއި ގުޅޭ