Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ނަން ފޮނުވި 3 ވަޒީރުންނަށް ރުހުން ނުދިނީ ވަކި ގައުމެއް ރުއްސަންވެގެން: ރައީސް

ނަން ފޮނުވި 3 ވަޒީރުންނަށް ރައްޔިތުން މަޖިލީހުން ރުހުން ނުދިނީ ވަކި ގައުމެއް ރުއްސަންވެގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ހދ. ނޮޅިވަރަންފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގެން ގައުމުގެ ކަންކަން ފުރިހަމައަށް ގެންދެވުމަށްޓަކައި އެކި ދާއިރާތަކަށސް ބަހާލައިގެން 22 ވަޒީރުން އައްޔަންކުރެއްވިއެވެ. އަދި އެ ވަޒީރުންނަށސް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވިއެވެ. ނަމަވެސް 22 ވަޒީރުންގެ ތެރެއިން ރުހުން ލިބިފައިވަނީ 19 ވަޒީރުންނަށެވެ.

އެގޮތުން، ރުހުން ނުލިބޭ ވަޒީރުންނަކީ، ބަންޑާރަ ނައިބު އަހުމަދު އުޝާމް، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުއެވެ. މަޖިލީހުން އެބޭފުޅުންނަށް ރުހުން ނުދެއްވި ނަމަވެސް، ރައީސް ވަނީ، އެބޭފުޅުން އަލުން މަގާމަށް އައްޔަންކުރައްވާ އެބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވާފައެވެ.

ނޮޅިވަރަންފަރުގެ ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، 3 ވަޒީރުންނަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ރުހުން ނުދިނީ ވަކި ގައުމެއް ރުއްސުމަށް މަޖުބޫރުވެގެންކަމަށެވެ. ނަމަވެސް ރައީސްގެ ވާހަކާގައި ވަކި ގައުމެއްގެ ނަން ވިދާޅުވެފައެއްނުވެއެވެ.

އެ ބޭފުޅުންގެ މައްޗަށް ބާރު ހިންގާ ބޭރުގެ ކޮންމެވެސް ބަޔަކު ކަމަށް ބޮޑަށް ގަބޫލުކުރެވޭ ފަރާތަކުން އަމުރުކުރާ ފަރާތަކުން މަޖުބޫރުކުރާ، ތިމަންނަމެން ހަމަޖެހެޔޭ ތިން ހަތަރު ވަޒީރުންނަށް ރުހުން ނުދޭން އެހެން އަޅުގަނޑުމެން ކައިރީ ބުނަމުން ދިޔައީ
ރައީސް ވިދާޅުވިއެވެ.

އެހެންކަމުން، މިހާރު ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެންބަރުންނަކީ ރައްޔިތުން އެދޭފަދަ މެންބަރުންނެއް ނޫންކަން ރައީސް ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ތަރައްގީއަށްވުރެ އެހެން ގައުމެއް ރުއްސުން އެބޭފުޅުންނަށް މުހިންމުވެފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ