Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

އިސްރާއީލް ސިފައިންގެ އިތުރު ދެމީހަކު ޣައްޒާގައި މަރާލައިފި

ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލު ސިފައިންގެ އިތުރު ދެ މީހަކު މަރާލައިފިއެވެ.

ޣައްޒާގެ ދެކުނުގައި އިއްޔެ ހިނގި ކުރިމަތިލުންތަކުގައި އިސްރާއީލު ސިފައިންގެ 21 އަހަރުގެ މީހަކު މަރާލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން މިއަދު މީސް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މި ކުރިމަތުލުންތަކުގައި އިތުރު ތިން ސިފައިންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

ޣައްޒާގެ އުތުރުގައި ހިނގި ކުރިމަތިލުންތަކުގައި ސިފައިންގެ އިތުރު މީހަކު މަރުވެފައިވާ ކަމަށް މީގެ ކުރިން ވަނީ ރިޕޯޓްކޮށްފައެވެ. އެއީ 24 އަހަރުގެ މީހެކެވެ.

ޣައްޒާގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި ހުކުރު ދުވަހާ ހަމައަށް އިސްރާއީލު ސިފައިންގެ 235 މީހުން މަރާލާފައިވާއިރު، 1396 މީހުން ޒަޚަމްވެފައިވާ ކަމަށް އދއިން ދީފައިވާ އަދި އިސްރާއީލުގެ އަސްކަރިއްޔާއަށް ލިބިފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.

އދ.ގެ އޮފިޝަލުން ވަނީ ރަފާއަށް ހަމަލާއެއް ދިނުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި، ހަ ލައްކައަށްވުރެ ގިނަ ކުޑަކުދިން ހަމަލާއެއްގެ މަގުގައި އުޅޭކަމުގެ އިންޒާރު ދީފައެވެ. އަދި އެ އަވަށާއި ވަށައިގެންވާ ސަރަހައްދުގައި އެޅި ފިޔަވަޅެއްގެ ސަބަބުން ޣައްޒާގެ އާބާދީ ދެމެހެއްޓުމަށް މަސައްކަތް ކުރަމުންދާ އިންސާނީ އެހީގެ ނިޒާމު ވެސް ފުނޑުފުނޑުވެދާނެ ކަމަށް އދ.އިން ބުނެއެވެ.

އަނެއްކޮޅުން އިސްރާއީލުން ބުނަނީ ހަމާސް ހަލާކުކުރުމަށާއި ޓެރަރިސްޓުންގެ އަތުގައި ބާކީ ތިބި މީހުން މިނިވަން ކުރުމަށް ރަފާ ހިފަން ޖެހޭ ކަމަށެވެ.

މި ލިއުމާއި ގުޅޭ