Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމެރިކާ

އެމެރިކާއިން ހެއިޓީއަށް އެތެރެކުރާ ހަނޑުލުގައި ސިއްހަތަށް ގެއްލުންވާ މާއްދާތަކެއް!

އެމެރިކާއިން ހެއިޓީއަށް އެތެރެކުރާ ހަނޑުލުގައި ސިއްހަތަށް ގެއްލުންވާ މާއްދާތަކެއް ހިމެނޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އެމެރިކާގެ ޔުނިވާސިޓީ އޮފް މިޗިގަން އިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި އެމެރިކާއިން ހެއިޓީއަށް ފޮނުވާ ހަނޑުލުގައި ދަގަނޑުގެ ބާވަތްތަކުގެ އިތުރުން ކެޑްމިއަމް އަދި އާސެނިކް ހިމެނެއެވެ.

އޭގެ ސަބަބުން އެ ހަނޑޫ ބޭނުންކުރާ މީހުންނަށް ކެންސަރު ބަލި އަދި ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެ ދިރާސާއިން ދައްކައެވެ.

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހެއިޓީއަށް އެތެރެކުރާ ހުރިހާ ހަނޑުލުގެ ސާމްޕަލްތަކެއްގައިވެސް ކުޑަކުދިން ކެއުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ލަފާދީފައިވާ މިންވަރަށް ވުރެ ވިހަ މާއްދާ ހުރި މިންވަރު އިތުރެވެ.

އެކަމާ ގުޅިގެން މިހާތަނަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ސްޓޭޓް ޑިޕާޓްމަންޓުން އެއްޗެއް ބުނެފައެއް ނުވެއެވެ.

ހެއިޓީއަށް ހަނޑޫ އެތެރެކުރާ ގައުމުތަކުގެ ތެރޭގައި އެމެރިކާ، މެކްސިކޯ އަދި ޖަޕާން ހިމެނޭއިރު، ކެރީބިއަން ގައުމުތަކުން ހެއިޓީއަށް ހަނޑޫ އެތެރެ ނުކުރަނީ އަގު ބޮޑުކަމުންނެވެ. ނަމަވެސް އެމެރިކާ ފިޔަވައި އެހެން ގައުމުތަކުން އިމްޕޯޓުކުރާ ހަނޑުލުގައި ވިހަ މާއްދާ އެކުލެވިފައިވާ މިންވަރު ވަޒަންކޮށްފައެއްނުވެއެވެ.

މެކްސިކޯ އާއި ޖަޕާނުފިޔަވައި ހެއިޓީއަކީ އެމެރިކާއިން އެންމެ ގިނައިން ހަނޑޫ އެތެރެކުރާ ގައުމެވެ.

އެމެރިކާއަކީ ހަނޑޫ އުފެއްދުމުގެ ދިގު ތާރީޚެއް އޮތް ގައުމަކަށް ވާއިރު، ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ ފަސްވަނައަށް އެންމެ ގިނައިން ހަނޑޫ އުފައްދާ ގައުމަކީ އެމެރިކާއެވެ. ނަމަވެސް 1970 ގެ އަހަރުތަކުގެ ފަހުކޮޅު އެންމެ މައްޗަށް ދިޔަ ފަހުން މި އުފެއްދުންތެރިކަން އަންނަނީ މަޑުމަޑުން ދަށްވަމުންނެވެ.

މި ލިއުމާއި ގުޅޭ