Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް 2 މިލިއަނުން 30 މިލިއަން ޑޮލަރަށް

ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު 2 މިލިއަން އެމެރިކާ ޑޮލަރުން 30 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެއްޖެކަމުގައި އިކޮނޮމިކް މިނސްޓަރ ސަޢީދު ވިދާޅުވެއްޖެއެވެ.

ހއ. ކެލާގެ ރައްޔިތުންނާއި ރައީސް ޑރ. މުޢިއްޒު ބައްދަލުކުރެއްވުމަށް ބޭއްވުނު ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ, ދައުލަތުން ނަގާ ލޯނުތައް އަނބުރާ ދެއްކުމަށް އުފައްދާފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި, މިދިޔަ އަހަރުގެ ނޮވެންބަރ 17 ގައި ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތްއިރު ބާކީ ހުރީ 2 މިލިއަން އެމެރިކާ ޑޮލަރާއި 2.4 މިލިއަން ރުފިޔާކަަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތްތާ މިއަދަށް 100 ދުވަސް ހަމަވިއިރު, މިހާރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި 30 މިލިއަން އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ އިގްތިސާދީ ޕޮލިސީތަކަކީ ދުނިޔެ ޤަބޫލުކުރާ ޕޮލިސީތަކެއް ކަމަށެވެ. އަދި ޒިންމާދާރު އިގްތިސާދީ ރިފޯމްތަކާއެކު މިޤައުމުގެ އިގްތިސާދު ދެން ދާނީ ކުރިއަށް ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފާހަގަކުރެއްވީ, ހަނިމާދޫ އެއާޕޯޓް 138 މިލިއަން ޑޮލަރުގެ ލޯނަކުން ތަރައްޤީކުރުމުގެ މަސައްކަތް ކުރިން ކޮށްފައިވިޔަސް އެއާޕޯޓް ފީސިބަލް ވާނީ އެސަރަހައްދުގައި ރިސޯޓްތަކެއް ތަރައްޤީ ކުރެވިގެން ކަމަށެވެ. އަދި ރައީސް ޑރ. މުޢިއްޒުގެ ސަރުުކާރުން, ރާއްޖެއިން ބޭރުގެ މާލީ އިދާރާތަކުގެ އިތުބާރު ހޯއްދަވާފައިވާކަމަށާއި ރިސޯޓް ތަރައްޤީކުރުމަށް ޕްރައިވެޓް އިންވެސްޓްމަންޓްތައް ހޯދުމަށް މަސައްކަތްކުރާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ