Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

ޣައްޒާގެ ގެއަކަށް އިޒްރޭލު ސިފައިން ދިން ހަމަލާއެއްގައި 24 މީހުން ޝަހީދުވެއްޖެ

ޣައްޒާގެ ދީރް އަލް ބަލާހް ސަރަހައްދުގައި ހުރި މީހުން ދިރިއުޅޭ ގެއަކަށް އިޒްރޭލު ސިފައިން ދިން ހަމަލާއެއްގައި 24 މީހުން ޝަހީދުވެއްޖެއެވެ.
އެ ގެއަކީ ޣައްޒާގައި ގެދޮރު ގެއްލިފައިވާ ޢާއިލާތަކެއް ހިޔާވަހިކަން ހޯދަމުން އަންނަ ގެއެއްކަމަށް ޣައްޒާގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.
އިޒްރޭލްގެ އެ ހަމަލާގައި އެ އިމާރާތްވަނީ އެއްކޮށް ބިމާހަވެފައި ކަމަށާއި، އިމާރާތުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އެހީދޭ ޖަމާއަތްތަކުން ކުރަމުންދާ ކަމަށްވެސް އަލްޖަޒީރާއިން ބުނެއެވެ.
އެހެންކަމުން މިހަމަލާގައި މަރުވި މީހުންގެ އަދަދު އިތުރަށް އިތުރުވެދާނެ ކަމަށް ބެލެވެއެވެ. މި ހާދިސާ ހިނގިއިރު 70 އަށް ވުރެ ގިނަ މީހުން އެ އިމާރާތުގެ އެތެރޭގައި ތިބިކަމަށް ރިޕޯޓްތައް ބުނެއެވެ.
އިޒްރޭލުން ދިން ބޮމުގެ ހަމަލާތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ކުށްވެރި ކުރަމުންނެވެ. އިސްރާއީލުން ޣައްޒާގެ އެންކްލޭވްއަށް ދެމުންދާ އަސްކަރީ ޙަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ޢާންމުންނާމެދު އިސްރާއީލުން ވަރަށް ބޮޑަށް އިހުމާލުވާކަމަށް ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރެއެވެ. ޣައްޒާއަށް ޚިދުމަތްކުރާ އދ.ގެ ރެފިއުޖީ އެޖެންސީގެ ތަރުޖަމާނަކު ވަނީ ބޮމުގެ ހަމަލާއަކީ ބުއްދިނެތް އަނިޔާވެރި ޢަމަލެއްކަމަށް ލޭބަލްކުރައްވާފައެވެ.
ސަރަޙައްދީ ލީޑަރުން ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ އިސްރާއީލް ޚިލާފުވަމުންދާތީ ފުރިހަމަ ތަހުގީގެއް ފެށުމަށް އދ.ގެ ކިބައިން އެދިވަޑައިގެންފައެވެ. އެ މީހުން ބުނަނީ އާންމުންގެ ފުރާނަ ސަލާމަތް ކުރުމަށް އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިސްރާއީލުން ނުކުޅެދިފައިވާ ކަމަށާއި އޭގެ ބަދަލުގައި، ފަލަސްތީނުގެ ޢާއްމުން ހިޔާވަހިކަން ހޯދަމުންދާ ތަންތަނަށް ގަސްތުގައި ނުހައްގުން ބަޑި ޖަހާފައިވާ ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނަމުން ދަނީ އެ އިމާރާތަށް ހަމަލާތައް އަމާޒުކޮށްފައިވަނީ ހަމާސްގެ އިސް ކޮމާންޑަރުން އެ ތަނުން ނުކުމެ ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ. ނަމަވެސް އެކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.
އޮކްޓޯބަރު 7 ވަނަދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދުވަނީ 30،000 ން މައްޗަށް އަރާފައެވެ. އަދި 70،000 އާއި ގާތްކުރާ އަދަދެއްގެ މީހުން ވަނީ ޒަޚަމް ވެފައެވެ.
މި ލިއުމާއި ގުޅޭ