Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

މޮޅަދޫ ކައުންސިލާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

އިހަވަންދޫ ސުކޫލުގައި ބޭއްވުނު މިބައްދަލުވުމުގައި މޮލަދޫ ކައުންސިލުންވަނީ، މޮޅަދޫފައި ފަށާފައިހުރި މަޝްރޫޢުތަކަށް ގެންނަން ބޭނުންވާ ބައެއް ބަދަލުތައް ހިއްސާކުރައްވާފައެވެ. އަދި މީގެއިތުރުން ޞިއްޙީ މަރުކަޒަށް ބޭނުންވާ ކަންކަމާއި، ރަށުގެ ބަނދަރު ބޮޑުކުރުމަށް ބޭނުންވާކަމަށާއި، ޒުވާނުންނަށް ބޭނުންވާ ކަންކަމާއި، ކުޅިވަރުގެ ދާއިރާ ތަރައްޤީކުރަން ބޭނުންވާ ކަންކަން ކައުންސިލްގެ ފަރާތުން ރައީސާއި ހިއްސާ ކުރެއްވިއެވެ.

މޮޅަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ ބަޖެޓުގެ މައްސަލަ ކުރިމަތިވާކަން ރައީސްގެ އަރިހުގައި ދަންނަވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އ.ތ.މ. ކޮމިޓީއަށް އެލަވަންސް ދިނުމަކީ ރައްޔިތުންގެ މަޖިލީހުން ނިންމެވެން އޮންނަކަމެއްކަމަށާއި، މަޖިލީހުން އެކަމަށް ކާމިޔާބެއް ހޯދުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަން ވީހާވެސް އަވަހަށް އަދި ރަނގަޅަށް ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައިވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ