Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

އިންޑިޔާގެ މަނިޕޫރުގައި ބޮމުގެ ޙަމަލާއެއްދީ އެކަކު މަރާލައިފި

އިންޑިޔާގެ އިރުއުތުރު މަނިޕޫރް ސްޓޭޓްގެ އިމްފާލްގައި ބޮމެއް ގޮއްވައިލާ އެކަކު މަރައިލައިފިއެވެ.

އިމްފާލްގެ ޔުނިވަރސިޓީއެއްގެ ކެމްޕަހުގައި ދީފައިވާ ޙަމަލާގައި އިތުރު މީހަކު ޒަޚަމުވިއެވެ. އެ ޙަމަލާ ދިނުމަށް ބޭނުން ކޮށްފައި ވަނީ އަމިއްލައަށް ތައްޔާރު ކޮށްފައިވާ ބޮމެއް ކަން އިންޑިޔާގެ ސަލާމަތީ ބާރުތަކުން ކަށަވަރު ކޮށްދެއެވެ.
އިމްފާލްގެ ޑީއެމް ޔުނިވަރސިޓީގެ ކެމްޕަހުގައި ބޮން ގޮއްވައިލައިގެން ދީފައިވާ ޙަމަލާގައި ޒަޚަމުވި މީހާއަށް ހަސްފަތާލުގައި އެޑްމިޓު ކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. އެއްވެސް ބަޔަކު އެ ޙަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ. ނަމަވެސް އެއީ މަނިޕޫރުގައި ދިރިއުޅޭ މެއިޓީ ދަރިކޮޅާއި ކުކީ ދަރިކޮޅުގެ މީހުންގެ މެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅުން އޮތް ޙަމަލާއެއް ކަމަށް ބެލެވެއެވެ. އެ ދެ ދަރިކޮޅުގެ މީހުންގެ މެދުގައި ހުސްވި އަހަރުގެ މޭ މަހުން ފެށިގެން ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 200އެއްހާ މީހުން ވަނީ މަރުވެފައެވެ.

މަނިޕޫރުގެ ސަލާމަތީ ބާރުތަކުން ބުނީ ޑީއެމް ޔުނިވަރސިޓީގެ ކެމްޕަހަށް އަމާޒުކޮށް ދީފައިވާ ޙަމަލާގައި ބޮން ގޮއްވައިލާފައި ވަނީ އޯލް މަނިޕޫރް ސްޓޫޑެންޓްސް ޔޫނިއަން (އޭއެމްއެސްޔޫ)ގެ އޮފީހުގެ ތެރޭގައި ކަމުގައެވެ. އެ ޔުނިވަރިސިޓީއަށް އަމާޒުކޮށް ދިން ޙަމަލާއަށް ފަހު މަނިޕޫރްގެ މަދަނީ ޖަމުޢިއްޔާއެއް ކަމުގައިވާ ޔުނައިޓެޑް ކޮމިޓީ މަނިޕޫރުގެ އޮފީހުގައި ހުޅުޖަހައި ޙަމަލާ ދީފައިވެއެވެ. އެ ޙަމަލާއާ ގުޅޭ ގޮތުން އިމްފާލްގެ ފުލުހުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާއަކީ މިފަދަ ބައިބައިވުންތައް ބޮޑު އަދި ނަސްލީ ހަމަނުޖެހުންތަކުގައި ހަރުކަށި ފިކުރު އިސްކުރާ ބަޔަކު ދިރިއުޅޭ ގައުމެކެވެ. ޚާއްޞަކޮށް މުސްލިމުންނަށް ހިންދޫން ކުރަމުން ގެންދަ އަނިޔާތައް ފާހަގަ ކޮށްލެވެއެވެ.

މި ލިއުމާއި ގުޅޭ