Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

މަޖިލީހަށް ހޮވަންވާނީ މަޝްރޫއުތަކަށް އެހީތެރިވެދޭ ބަޔަކު: ރައީސް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އިންތިހާބު ކުރަން ވާނީ ސަރުކާރުން ހިންގާ މަޝްރޫއުތަކަށް އެހީތެރިވެދޭނެ ބަޔަކު ކަމަށާއި އެއީ ގައުމީ އަދި ރަށު ފެންވަރުގައި ވެސް ކުރުން މުހިންމު ކަމެއް ކަމަށް ރައީސުލްުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ އެމަނިކުފާނު ބޮޑުތިލަދުއްމަޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ހޯރަފުށްޓަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ އަޒުމަކީ އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދުފުޅެއް ފުއްދެވުން ކަމަށާއި އެމަނިކުފާނުގެ ޓީމު މަސައްކަތް ކުރައްވަނީ ވެސް އެގޮތަށް ކަމަށެވެ.

އެހެންވެ އެމަނިކުފާނު ބޭނުންފުޅުވަނީ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ކުރިމަތި ނުވެ ބާރު ސްޕީޑްގައި ކުރިއަށް ދިއުމަށްކަމަށާއި އެކަމުގައި އެންމެ ބޮޑަށް އެހީތެރިކަން ބޭނުން ވާނީ ރައްޔިތުންގެ މަޖިލިހުގެ ތެރެއިންކަމަށް ރައީސް ވިދާޅުވިއެވެ.

"އެއީ ރާއްޖޭގެ ދުސްތޫރީ ނިޒާމު، ގާނޫނުއަސާސީ ބައްޓަންވެފައި އޮތް ގޮތުން. ސަރުކާރުން ކިތަންމެ ބޮޑު މަޝްރޫއެއް ހިންގަން ބޭނުން ވިޔަސް، ގާނޫނެއް ހަދަން ވިޔަސް ގާނޫނަކަށް ބަދަލެއް ގެނެސްގެން ވިޔަސް އަދި އެ ނޫން ގޮތަކުން ވިޔަސް ރައްޔިތުންގެ މަޖިލިހަށް ހުއްޓުވޭނެ. އަދި ބަދަލުތައް ވެސް ގެނެވޭނެ. ހުރަސްތައް ކުރިމަތި ކުރެވޭނެ. މީގެކުރިން ވެސް އެކަން ހިނގާފައި އެބަހުރި،" ސަރުކާރަށް ރައްޔިތުންގެ މަޖޮލިސް މުހިއްމުވާ ސަބަބު ބަޔާންކުރައްވާ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ މަޖިލީހަށް ހޮވާ ބޭފުޅުންނަކީ ރައްޔިތުންގެ ހައްގުގައި ކުރަން ހުރި މަސައްކަތްތަކަށް އެހީތެރިކަންދޭ މަގުފަހިކޮށްދޭ ފަރާތްތަކަށް ހެދުމަކީ ގައުމީ އަދި ތަރައްގީގެ ވިސްނުމެއްގަ އާއި ރަށު ފެންވަރުގެ ވިސްނުމެއްގައި ވެސް ކުރުން ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މި ލިއުމާއި ގުޅޭ