Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ރައީސް ޑރ. މުޢިއްޒު އުލިގަމު ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލް މެންބަރުންނާއި މިއަދު ހަވީރު ހއ. ތުރާކުނު ސުކޫލުގައި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ފަށާފައިހުރި މަޝްރޫޢުތައް އަވަހަށް ކުރިއަށްގެންދަން ބޭނުންވާކަމަށާއި، ރަށުގެ ޒުވާނުންނަށް ބޭނުންވާ ކަންކަމާއި، ރަށުގެ ފަތުރުވެރިކަމުގެ ސިނާއަތް ހަރުދަނާކުރަން ބޭނުންވާކަން ހިމެނެއެވެ.

އުލިގަމު ރައްޔިތުން އެންމެ އެދޭ ކަމަކީ ރަށުގައި އައު ޞިއްޙީ މަރުކަޒެއް ހެދިގެންދިއުންކަމުގައި ކައުންސިލުން ވިދާޅުވިއެވެ. މީގެ އިތުރުން ޔޮޓު ފަހަރަށް ބޭނުން ހިފޭނެގޮތަކަށް ބަނދަރު ތަރައްޤީ ކޮށްދެއްވުމަށާއި، ކުނި ނައްތާލުމަށް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުކުރުމަށް ބޭނުންވާކަމުގައިވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގައި އުލިގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިންވެސް ބައިވެރިވެލެއްވިއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އޮފީހުގެ ޖާގައިގެ ދަތިކަމާއި ބަޖެޓުގެ ދަތިކަން ހިމެނެއެވެ.

ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ފާހަގަކުރެއްވި ކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި މިބައްދަލުވުމުގައި ރައީސް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ