Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ސައީދު

ފަންނުވެރިންގެ އެކްސްޕޯ ވެގެންދާނީ މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އެކްސްޕޯއަށް: ސައީދު

ފަންނުވެރިން ދައްކާލުމުގެ އެކްސްޕޯ ވެގެންދާނީ މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އެކްސްޕޯއަށްކަމަށް އިގްތިސޯދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސައީދު މިހެން ވިދާޅުވީ، އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ފަރާތުން އަންހެން ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ބޭއްވި ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ފަންނުވެރިން އިޝްތިހާރުކުރުމުގެ ނިޔަތުގައި ބާއްވާ އެކްސްޕޯ ކުރިއަށްދާނީ އެ ފަންނުވެރިންގެ ހުނަރާއި އުފެއްދުން ފުޅާ ދާއިރާއެއްގައި ދައްކުވާލެވޭ ފަދަގޮތަކަށްކަމަށް ވަޒީރު ސައީދު މައުލޫމާތުދެއްވާފައިވެއެވެ. އަދި ހަމައެފަދައިން، އެ އެކްސްޕޯ ކުރިއަށްދާނީ، ބަހާލައިގެން ފަންނުވެރިން ވީހާވެސް ފަސޭހައިން ކެޓަގަރައިޒް ކުރެވިގެންދާނެގޮތަކަށްކަމަށް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކޮށްފައިވެއެވެ.

ވަޒީރު ވިދާޅުވީ، އެ އެކްސްޕޯ ބޭއްވޭނީ ގައުމީ ފެންވަރުގައި ދެވަނައެއް ނުވާ ފަންތިއެއްގައިކަމަށެވެ. އަދި މި އެކްސްޕޯގައި ރާއްޖޭގެ ހުރިހާ ފަންނުވެރިންގެ އެއްބާރުލުން މުހިއްމުކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވެފައިވާގޮތުން، މި އެކްސްޕޯގެ ސަބަބުން ރާއްޖޭގައި އުޅޭ ފަންނުވެރިންނަށް އެ މީހުންގެ ދާއިރާއާގުޅޭ ރޮނގަކުން ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ ފަންނުވެރިން އިޝްތިހާރުކުރުމުގެ އެކްސްޕޯ ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއާ ގުޅިގެން ކުރިއަށްގެންދަން ހަމަޖެހިފައިވާއިރު އެ ކޯޕަރޭޝަނުން މައުލޫމާތުދީފައިވާގޮތުން، އެ އެކްސްޕޯއަށް ބައިނަލްއަގްވާމީ ފެންވަރުގައި އިންވެސްޓަރުން ގެނެސް، ރާއްޖޭގެ ފަންނުވެރިންގެ ފަންނު ދިރުވައި، ދުނިޔެއަށް ދައްކާލުމުގައި އިންވެސްޓުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ލިއުމާއި ގުޅޭ