އިދިކޮޅުފަރާތްތަކަށް މަޖިލIހުގެ އަގުލަބިއްޔަތު ލިބިއްޖެނަމަ ސަރުކާރު ހިންގަން ދަތިވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ ސަލްޓަންޕާކުގައި ބޭއްވުނު 'އަހާ' ސިލްސިލާގެ ދެވަނަ ފޯރަމްގައެވެ. ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރަށް ތާއީދު ނުކުރާ ބައެއްގެ އަތްމައްޗަށް ހިނގައްޖެނަމަ ސަރުކާރު ހިންގަން ދަތިވާނެ ކަމަށެވެ. ސަރުކާރުން ކަންކަން ރަނގަޅު މަގުން ކުރަނިކޮށް، އަންނަ މަހުގެ 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި މެދު އަމަލު ކުރާނެ ގޮތް ނިންމާނީ ރައްޔިތުން ކަމަށެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ކުރާ ކަންކަމަށް ރައްޔިތުންގެ މަޖިލީހުން ހުރަސް އަޅަނީ އެއްވެސް އަސާސެއް ނެތިއެވެ. މިގޮތުން ރައީސް ކަނޑައެޅުއްވި ބައެއް ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައި ނުވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.
މި ދަނީ ޕާފޯމް ކުރަމުން، ނަތީޖާ ނެރެދެމުން ރައްޔިތުންގެ ސަޕޯޓާއެކީގައި. މި ގޮތަށް މަސައްކަތް ކުރަމުންދާއިރު ވެސް އެއްވެސް އަސާސެއް ނެތި ރައްޔިތުންގެ މަޖިލިހުން ވަޒީރުންނަށް ރުހުން ނުދިނުމާއި އަދި ރައީސުލްޖުމްހޫރިއްޔާ އަޒުލް ކުރުމާއި ނޫނިއްޔާ އެހެނިހެން ކަންކަން ކުރުމާއި ސަރުކާރަށް ދުއްތުރާ ކުރާ ކަންކަން، އަސާސެއް ނެތި ކުރާ ތަން ފެންނަނީރައީސް ޑރ.މުއިއްޒު
ރައްޔިތުންނަށް ރައީސަކާއި ސީދާ ސުވާލު ކުރުމުގެ ފުރުސަތު އާންމުންނަށް ދެއްވި ފުރަތަމަ ރައީސަކީ ޑރ. މުއިއްޒުއެވެ. މި ފޯރަމް ގައި ވަނީ ކުރިން ލިޔުމަކުން ދިނުމަކާއި ނުލައި ލައިވްކޮށް ސުވާލު ކުރުމުގެ ފުރުސަތު އާންމުންނަށް ދީފައެވެ.