Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

އަޤްޞާ މިސްކިތަށް ނަމާދަށް ދިޔަ ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލް ސިފައިން ހަމަލާދީފި

ފަލަސްތީނުގެ ގުދުސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް އަލް-އަޤްސާ މިސްކިތަށް ނަމާދަށް ދިޔަ ފަލަސްތީނުގެ ބަޔަކަށް ނިރުބަވެރި އިސްރާއީލުން ހަމަލާތަކެއް ދީފިއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރިން ހަމަލާދިފައިވަނީ އަޅުކަމަށް މިސްކިތަށް ގޮސް އުޅުނު މީހުންނަށެވެ. ނިރުބަވެރިން މިފަދަ ހަމަލާއެއް ދީފައިވާއިރު، ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް މިހާރު މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އެގޮތުން ދައުރުވަމުން އަންނަ ވީޑިއޯތަކުން މިސްކިތް ސަރަހައްދުގައި ތިބި މީހުންނަށް އިސްރާއީލުގެ ސިފައިން ހުރަސް އަޅާ މަންޒަރާއި، ހަމަލާދޭ މަންޒަރު ފެނިގެންދެއެވެ.

ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރިން ވަނީ އަޤްސާ މިސްކިތް ކައިރިއަށް މަޑުކޮށް، އެސަރަހައްދުގައި ތިބި މީހުން ބަލައި ފާސްކޮށް، ހައްޔަރު ކުރަން ވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެއްވެސް މީހަކު ހައްޔަރު ކުރި ކަމުގެ ރިޕޯޓެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

ހުކުރު ދުވަހާއި ދިމާކޮށް، އަޤްސާ މިސްކިތަށް ގިނަ ބަޔަކު ޖަމާވާނެކަން އެނގިތިބެ އިސްރާއީލް ސިފައިން މިފަދަ އަމަލެއް މިއަދު ހިންގާފައިވާއިރު، މިއީ މިފަދަ ގޮތަކަށް އަޤްސާ މިސްކިތަށްދާ ފަރާތަކަށް ނިރުބަވެރިން ހުރަސް އަޅަމުން އަންނަތާ ޖެހިހެގެން 20 ވަނަ ހުކުރު ދުވަސްކަން ވެސް ފާހަގަ ކޮށްލެވެއެވެ.

އަލްއަޤްޞާ މިސްކިތަކީ މުސްލިމުންގެ ތިންވަނައަށް އެންމެ މާތް ޙަރަމް ކަމަށްވާއިރު، އިސްރާއީލްގެ ނިރުބަވެރިން ވަނީ ތަފާތު ދުއްތުރާކޮށް މުސްލިމުންނަށް އެތަނަށް ވަނުމަށް މީގެކުރިންވެސް އެތައްފަހަރެއްގެ މަތިން ހުރަސްއަޅާފައެވެ.

މި ލިއުމާއި ގުޅޭ