Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީން

ގައުމު މި ހާލަތަށް ވައްޓާލީ ރައީސް ޑރ. މުއިއްޒެއް ނޫން: ރައީސް ޔާމީން

ގައުމު މި ހާލަތަށް ވައްޓާލީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ އެމަނިކުފާނު އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަ ފުޅުގައި ގައުމު މިއޮތް ހާލަތަށް ގެނައީ ކުރީ ސަރުކާރުން އެމްޑީޕީއިންކަމަށް ފާހަގަކޮށް ވަނީ މިހާލަތަށް ގައުމު ގެނައުމަށްފަހު އެމްޑީޕީން މި ސަރުކާރަށް ފާޑު ކިޔާތީ ނުރުހުން ފާޅު ކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ ދަރަނި އަރައިގަތުމުގެ ގާބިލުކަން މި ސަރުކާރުގެ ނެތްކަމަށް އެމްޑީޕީން ބުނާކަމަށާއި ނަމަވެސް ދަރަނި އުފެއްދީ އެމްޑީޕީންކަން ގަބޫލު ކުރަން އެ ޕާޓީން ބޭނުން ނުވާކަމަށެވެ.

މީގެއިތުރުން މި ސަރުކާރުން ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވާކަމަށް އެމްޑީޕީން ބުނާތީވެސް ރައީސް ޔާމީން ވަނީ ރައްދުދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ މުއައްސަސާތައް މިނިވަން ނުކޮށް މުށު ތެރޭގައި ގެންގުޅުނީ ކޮން ބައެއްކަން ސާފުކަމަށެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވި ރާއްޖޭގެ ސިޔާދަތީ ބާރުތައް ނުހިނގާ މައްސަލައިގައިވެސް ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީއިންކަމަށާއި ކަނޑު ވިއްކާލީވެސް އެ ސަރުކާރުންކަމަށެވެ.

އަދި މި ހުރިހާ ކަމެއް ކުރި ސަރުކާރުން ކުރުމަށްފަހު، އެކަންކަން ފޮރުވުމަށް މަސައްކަތްކޮށްފައިވާކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ