Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޒްރޭލު

ފިޖީގެ ސަރުކާރުން އިސްރާއީލަށް ތާއީދު ކުރާތީ އެގައުމުގައި މުޒާހަރާ ކުރަމުން ދަނީ

ދުނިޔޭގެ ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތުގައި ފިޖީގެ ސަރުކާރުން އިސްރާއީލަށް ތާއީދު ކުރާތީ އެގައުމުގައި މުޒާހަރާ ކުރަމުން އެބަގެންދެއެވެ.

މި މައްސަލައިގައި ފިޖީގެ ސަރުކާރުން ވަނީ އިސްރާއީލަށް ތާއީދުކުރާ ކަމަށް ބުނެ ދުނިޔޭގެ ކޯޓަށް ރަސްމީ ސިޓީއެއް ވެސް ހުށައަޅާފައެވެ. އެކަމާއި ގުޅިގެން ފިޖީގެ ރައްޔިތުން ދަނީ ސަރުކާރުގެ އެ ނިންމުމާއި ދެކޮޅު ހެދުމުގެ ގޮތުން މުޒާހަރާކޮށް އަޑު އުފުލަމުންނެވެ.

މިދިޔަ ހޯމަ ދުވަހު ފަލަސްތީނުގެ ގާނޫނީ ވަކީލު ޕޯލްރީޗާ ދުނިޔޭގެ ކޯޓުގައި ބުނެފައިވަނީ ދުނިޔޭގެ ހުރިހާ ގައުމުތަކުގެ ތެރެއިން އިސްރާއީލުން ފަލަސްތީނުގެ ބިން ހިފައިގެން އުޅޭ މައްސަލައިގައި އިސްރާއީލަށް ތާއީދުކޮށް އެކަން ރަސްމީ ކޮށް ލިޔުމުން ދުނިޔޭގެ ކޯޓަށް ހުށައަޅާފައި ވަނީ އެންމެ ދެ ގައުމުން ކަމަށެވެ. އެއީ އިސްރާއީލުގެ ޒަމާންވީ އެކުވެރިޔާ އަދި އަސްކަރީ ގޮތުން އެ ގައުމަށް އެންމެ އެހީތެރިކަން ފޯރުކޮށްދޭ އެމެރިކާގެ އިތުރުން ޕެސިފިކް ކަނޑުގައި އޮންނަ ފިޖީއެވެ.

އެމެރިކާ އިން ވެސް މި މައްސަލައިގައި އިސްރާއީލަށް ފުރިހަމަ އަށް ތާއީދު ކޮށްފައެއް ނުވެއެވެ. އެމެރިކާ އިން ވަނީ ފަލަސްތީނުގެ ބިމުގައި ދެ ދައުލަތް ގާއިމް ކުރަން ޖެހޭ ކަމަށް ދުނިޔޭގެ ކޯޓުގައި ބުނެފައެވެ. ނަމަވެސް ސަލާމަތީ ގެރެންޓީއެއް ނެތި އެއްވެސް ޝަރުތަަކާއި ނުލައި ވަގުތުން ފަލަސްތީނުގެ ސަރަހައްދުތަކުން ފައިބަން އިސްރާއީލަށް އަމުރު ކޮށްގެން ނުވާނެ ކަމަށްވެސް އެމެރިކާއިން ވަނީ ބުނެފައެވެ.

ފިޖީ އިން ވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައިގެން އުޅެނީ ރަނގަޅަށް ކަމަށް ބުނެ އެކަން ދިފާއު ކުރާ ކަމަށް ވެސް ބުނެފައެވެ.

އިސްރާއީލްގެ ގައުތުލު އާއްމުތައް ހުއްޓުވައިދިނުމުގެ އަމުރަކަށް އެދި އައިސިޖޭއަށް މި މައްސަލަ ހުށަހެޅީ ދެކުނު އެފްރިކާއިންނެވެ.

މި ލިއުމާއި ގުޅޭ