Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިރާން

އިރާނުން ރަޝިއާ އަށް ގިނަޢަދަދެއްގެ ބެލިސްޓިކް މިސައިލު ދީފި

އިރާނުން ރަޝިއާ އަށް ގިނަ އަދަދެއްގެ ވަރުގަދަ ސާފޭސް ޓު ސާފޭސް ބެލިސްޓިކް މިސައިލު ފޯރުކޮށްދީފައިވާ ކަމަށް މަސްދަރުތަކާއި ހަވާލާދީ ރޮއިޓާސް އިން ރިޕޯޓު ކޮށްފިއެވެ.

ޒޮލްފަގާރު ފަދަ ފަތަހް-110 އާއިލާގެ ކުރު ރާސްތާ ބެލިސްޓިކް މިސައިލުތައް ހިމެނޭހެން 400 އެއްހާ މިސައިލު އިރާނުން ރަޝިއާ އަށް ފޮނުވާފައިވާ ކަމަށް ތިން މަސްދަރަކާއި ހަވާލާދީ ރޮއިޓާސް އިން ވަނީ ބުނެފައެވެ. އެ މިސައިލަކީ 300-700 ކިލޯމީޓަރުގެ ރާސްތާއަކަށް ހަމަލާ ދިނުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެއް ކަމަށް ކަމާއި ބެހޭ މާހިރުން ވިދާޅުވެއެވެ.

އިރާނުގެ ޑިފެންސް މިނިސްޓްރީން އެކަމާއި ގުޅިގެން އެއްޗެއް ބުނަން ދެކޮޅު ހަދާފައިވާ އިރު، ރަޝިއާގެ ޑިފެންސް މިނިސްޓްރީންވެސް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

އިރާނުގެ މަސްދަރުތަކާއި ހަވާލާދީ ރޮއިޓާސް އިން ބުނެފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އިރާނާއި ރަޝިއާގެ އޮފިޝަލުންނާއި ދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހު ވެވުނު އެއްބަސްވުމަކަށް ފަހު ޝިޕްމެންޓްތައް ފޮނުވަން ފަށާފައިވަނީ ޖެނުއަރީ މަހުގެ ކުރީކޮޅު ކަމަށެވެ. އަދި މިހާތަނަށް 4 ޝިޕްމެންޓު ފޮނުވާފައިވާ ކަަމަށާއި ކުރިއަށް އޮތް ހަފްތާ ތަކުގައި އިތުރު ޝިޕްމެންޓުތައް ފޮނުވާނެ ކަމަށްވެސް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.

އަދި އެކަންތައް ފޮރުވަން ޖެހޭ ސަބަބެއް ނެތް ކަމަށާއި އިރާނުން ބޭނުންވާ ގައުމަކަށް ހަތިޔާރު އެކްސްޕޯޓު ކުރުމުގެ ހުއްދަ އޮންނާނެ ކަމަށްވެސް އިރާނުގެ އޮފިޝަލަކު ވަނީ ބުނެފައެވެ.

އިރާނާއި އެމެރިކާ އަކީ ޒަމާނުއްސުރެ ގުޅުން ގޯސްވެފައިވާ ދެ ގައުމަށްވާއިރު، އެއްގައުމުން އަނެއްގައުމަށް ދަނީ އެކިކަހަލަ ތުހުމަތުތައް ކުރަމުންނެވެ.

މި ލިއުމާއި ގުޅޭ