Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބީއެމްއެލް

ރަމަޟާން މަހު ބީއެމްއެލްއިން ހިދުމަތް ދޭ ގަޑިތައް އިއުލާނުކޮށްފި

އަންނަ ރަމަޟާން މަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހިދުމަތް ދޭ ގަޑިތައް އެ ބޭންކުން އިއުލާނުކޮށްފިއެވެ.

ބީއެމްއެލްއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އަންނަ ރަމަޟާން މަހާއި ހަރޯދައިގައި އެ ބޭންކްގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނަނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:00 އަށް ކަމަށެވެ.

އަދި ރަމަޟާން މަހުގެ ފަހު ދިހައެއްގައި ބޭންކުގެ ހިދުމަތްތައް ދޭނީ ހެނދުނު 10:00 އިން ފެށިގެން މެންދުރު 11:00 އަށް ކަމަށް އެ ބީއެމްއެލްއިން ބުނެފައިވެއެވެ.

ބީއެމްއެލްއިން މިފަދައިން ގަޑިތައް އާއްމުކޮށްފައިވާއިރު ކޮންމެ ރަމަޟާން މަހެއްގެ ފަހު ދިހަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި މި ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ.

މި ލިއުމާއި ގުޅޭ