ގައުމު އަމާން ބަނދަރަކަށް ގެންދިޔުމަށް ކުރަމުންދާ މަސައްކަތުގައި ވިލިނގިލީ ދާއިރާގެ ރައްޔިޔުންގެ ހިއްސާ ބޮޑު ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް މިފަދައިން ވިދާޅުވެފައިވަނީ ހުވަދު އަތޮޅަށް ރައީސް ކުރައްވަމުން ގެންދާ ދަތުރުފުޅުގެ ތެރެއިން ގއ. ވިލިނގިލީ ރައްޔިތުންނާއި ރައީސް ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ވަގުތު ކޮޅަކީ ވަރަށް ހައްސާސް ވަގުތުކޮޅެއްގެ އިތުރުން ދިވެހި އިގުތިސޯދަށާއި ގައުމިއްޔަތަށް ނާޒުކު ވަގުތުކޮޅެއް ކަމަށެވެ.
މީގެ އިތުރުން ވެރިކަމުގެ ޒައާމަތާއި ހަވާލުވެވަޑައިގެންނެވީއްސުރެ ގައުމު ސަލާމަތްކުރެއްވުމުގެ މަސައްކަތް ވަނީ ފަށްޓަވާފައި ކަމަށާއި ގައުމު އަމާން ބަނދަރަކަށް ގެންދިޔުމަށް ކުރަމުންދާ މަސައްކަތުގައި ވިލިނގިލީ ދާއިރާގެ ރައްޔިތުންގެ ހިއްސާ ބޮޑުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދިވެހި ގައުމުގެ މިނިވަންކަމަށާއި ސިޔާދަތަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތަކާއެކު ދިވެހި ގައުމު ސަލާމަތް ކުރައްވައި ދިވެހި ގައުމު އަމާން ބަނދަރަކަށް ގެންދިއުމަށްޓަކައި މި ކުރަމުންދާ މަސައްކަތުގެ އެންމެ ބޮޑު ހިއްސާދާރުންނަކީ ވިލިނގިލީ ދާއިރާގެ ލޮބުވެތި ރައްޔިތުންމިނިސްޓަރު ޑރ ޝަހީމް އަލީ ސައީދު
މި ސަރުކާރު ގެނައުމަށް ވިލިނގިލީ ދާއިރާގެ ރައްޔިތުން ކުރެއްވި މަސައްކަތް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެއީ ރާއްޖޭގެ ސިޔާސީ ތާރީހުގައި ރަން އަކުރުން ލިޔަން ޖެހޭނެ ވާހަކަތަކެއް ކަމަށާއި އެކަމާމެދު ޝައްކު ނުކުރައްވާ ކަމުގައެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ގެނައުމަށް ވިލިނގިލީ ދާއިރާގެ ރައްޔިތުން ކުރި މަސައްކަތް މި ސަރުކާރު ދެމެހެއްޓުމަށްޓަކައި ވެސް ކުރާނޭ ކަމަށް އުންމީދުފުޅު ކުރައްވާ ކަމުގައެވެ.
ރައީސް ގެންދަވަނީ ރާއްޖޭގެ އެކި ރަށްތަކަށް ޒިޔާރަތްކުރައްވަމުންނެވެ. އެގޮތުން ތ އަތޮޅަށް ގދ އަތޮޅަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ.