Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިރާން

އިރާނުގެ ގޭސް ހޮޅިތަކަށް ދިން ހަމަލާގެ ފަހަތުގައި އޮތީ އިސްރާއީލު: އީރާން

މިދިޔަ ހަފްތާ އިރާނުގެ ގޭސް ހޮޅިތަކަށް ހަމަލާތަކެއް ދީފައިވާއިރު ދިން ދެ ހަމަލާގެވެސް ފަހަތުގައި އޮތީ އިސްރާއީލު ކަމަށް އިރާނުން ތުހުމަތު ކޮށްފިއެވެ.

”ގައުމުގެ ގޭސް ލައިންތައް ގޮއްވާލުމަކީ އިސްރާއީލުން ކުރި ކަމެއް” އިއްޔެ އޮތް ކެބިނެޓް ބައްދަލުވުމަކަށް ފަހު އިރާނުގެ ތެލާއި ބެހޭ މިނިސްޓަރު ޖާވިދު އައުޖީ ވަނީ ވިދާޅުވެފައިވާކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.

އިރާނުގެ ތެލާއި ބެހޭ މިނިސްޓަރު ޖާވިދު އައުޖީ ވިދާޅުވީ އެކަމަކު އެ ރޭވުން ކާމިޔާބު ނުވިކަމަށެވެ.

އިރާނުގެ ދެކުނާއި އުތުރު ގުޅުވާލާ މައި ގޭސް ހޮޅިތަކަށް ފެބުރުއަރީ 14 ވަނަ ދުވަހު ވަނީ ދެ ހަމަލާ އަމާޒުވެފައެވެ. އައުޖީ ކުރިން އެ ހަމަލާތައް ސިފަކުރައްވާފައި ވަނީ ނިރުބަވެރި އަމަލެއްގެ ގޮތުގައެވެ.

”ދުޝްމަނުން ބޭނުންވީ ގޭހުގެ ހިދުމަތަށް ބުރޫއަރުވާލައި، ރައްޔިތުންނަށް ގޭސް ފޯރުކޮށްދިނުމަށް ހުރަސް އަޅަން.” އައުޖީ ވިދާޅުވެފައިވާ ކަމަށް އިރާނުގެ ދައުލަތުގެ މީޑިއާ އިރްނާ އިން ރިޕޯޓު ކޮށްފައި ވެއެވެ.

އިރާނަށް ދިން ހަމަލާތަކުގެ ޒިންމާ އިސްރާއީލުން އުފުލާފައި ނުވާއިރު، ބޭރުގެ ސަރަހައްދުތަކަށް ދޭ ހަމަލާތަކުގެ ޒިންމާ އިސްރާއީލުން އުފުލަނީ ވަރަށް މަދު ފަހަރަކުއެވެ.

އިރާނުގެ ހުޅަނގުގެ ޗަހަރްމަހަލް އަދި ބަޚްތިއަރީ ޕްރޮވިންސުން ފެށިގެން އުތުރަށް ހުރި ސިޓީތަކާއި ހިސާބަށް ގުދުރަތީ ގޭހުގެ ހޮޅި ލައިނަށް ހަމަލާތައް ވަނީ އަމާޒު ވެފައެވެ. ގާތްގަނޑަކަށް 1270 ކިލޯމީޓަރުގެ އެ ހޮޅިލައިން ފެށެނީ ދެކުނުގައި އޮންނަ އަސަލުޔާ އިންނެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާއި ގުޅިގެން އީރާނުގެ ފާޑުކިޔުންތައް ވަނީ އިސްރާއީލަށް އަމާޒުވެފައެވެ. އަނެއްކޮޅުން އިސްރާއީލަށް ހަމަލާދޭ ހިޒުބުﷲ އަށް އެހީވަނީވެސް އިރާނުން ކަމަށް އިސްރާއީލުން ދަނީ ތުހުމަތު ކުރަމުނެވެ.

މި ލިއުމާއި ގުޅޭ