Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެކްސިޑެންޓު

ސައިކަލެއް ބަހެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ސައިކަލެއް މަގުމަތީގައި އޮތް ބަހެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީީ ބޮޑުތަކުރުފާނު މަގު ހުޅަނގުން އިރަށް ދުއްވަމުން އައި ސައިކަލެއް ސްޓެލްކޯ ކައިރީ ބަސް ސްޓޮޕްގައި މަޑުކޮށްގެން އޮތް އެމްޓީސީސީ ބަހެއްގެ ފަހަތުގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެކްސިޑެންޓް ހިނގާފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ ރޭ 20:00 އެހާކަންއިރު ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާ ލިބިފައިވަނީ ސައިކަލް ދުއްވަން އިން ކުއްޖާއަށެވެ. އެ ކުއްޖާއަށް އައިޖީއެމްއެޗްގެ އެމަޖެންސީގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ލިއުމާއި ގުޅޭ