Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޫސުން

ކ. އިން ފެށިގެން ގއ. އަތޮޅަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ބައެއް ސަރަހައްދުތަކަށް ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު 12:00 އިން ފެށިގެން ހަވީރު 17:00 ޖެހުމާ ހަމައަށެވެ.

އެގޮތުން އެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މިއަދު އިރުއޮއްސި 6 ޖެހުމާ ހަމައަށް ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، ދެކުނުގެ އެކި ހިސާބަށް ވިއްސާރަވެ، މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

އަދި އިރުއުތުރާއި އިރުން އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި، 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މި ލިއުމާއި ގުޅޭ