Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ޖޯޓާ އަށް އަނިޔާވެ ލިވަޕޫލަށް ބޮޑު ދެރައެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ބްރެންފޯޑް އަތުން ލިވަޕޫލް މޮޅުވި މެޗުގެ ފުރަތަމަ ހާފުގައި އަނިޔާވެގެން ބަދަލުކުރަން ޖެހުނު ފޯވާޑް ޑިއޯގޯ ޖޯޓާ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ޖޯޓާގެ ކަކުލަށް އަނިޔާވެގެން ބަދަލުކުރި ވަގުތު ވެސް އޭނާގެ އަނިޔާ ސީރިއަސް ކަމަށް ބެލެވުނެވެ. ލީގުގައި މިރޭ ލޫޓަން ޓައުންއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗުގެ ކުރިން ކްލޮޕް ބުނީ ޖޯޓާ ދިގު މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން ޕޯޗުގަލްގެ ފޯވާޑް ދެ މަސް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ. އެކަމަކު ޖޫން މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުރިން ޖޯޓާ ކުޅުމުގެ ތެރެއަށް އެނބުރި އަންނާނެ އެވެ.

އަނިޔާގެ ސަބަބުން ލިވަޕޫލް އާއި ގައުމީ ޓީމުގެ މުހިއްމު މެޗުތަކެއް މީގެކުރިން ވެސް ޖޯޓާ އަށް ވަނީ ގެއްލިފަ އެވެ. އޭގެތެރޭގައި އަނިޔާގެ ސަބަބުން 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ޕޯޗުގަލް ޓީމުން ޖޯޓާ ފެނިފައެއްނުވެ އެވެ.

މި ސީޒަނުގައި ޖޯޓާ ވަނީ ލިވަޕޫލަށް މިހާތަނަށް ކުޅުނު 28 މެޗުގައި 14 ގޯލު ޖަހައިފަ އެވެ.

ޖޯޓާގެ އިތުރުން ވެސް ލިވަޕޫލަށް އަނިޔާގެ ގިނަ މައްސަލަތަކެއް ވަނީ ދިމާވެފަ އެވެ. ބްރެންޓްފޯޑް އަތުން މޮޅުވި މެޗުގައި އަނިޔާވެގެން ކާޓިސް ޖޯންސް ބަދަލު ކުރިއިރު އަނިޔާގެ ސަބަބުން ޑާވިން ނޫނޭޒް އާއި ގޯލްކީޕަރު އެލިސަން ބެކާ ވެސް ހުރީ ކުޅުމާ ދުރުގަ އެވެ.

އަނިޔާ އަށް ފަރުވާ ހޯދަމުން އަންނަ މުހިއްމު އިތުރު ކުޅުންތެރިންގެ ތެރޭގައި ޓްރެންޓް އަލެކްސަންޑަ އާނޯލްޑާއި މިޑްފީލްޑަރު، ޑޮމިނިކް ސޮބޮސްލާއީ ފާހަގަކޮށްލެވެ އެވެ. އެ ދެކުޅުންތެރިން އަދި ޓީމާ އެކު ފަރިތަކުރުން ފަށާފައެއްނުވެ އެވެ. އެހެންވެ މިރޭގެ މެޗުގައި އެއިން އެއްވެސް ކުޅުންތެރިއަކު ނުފެންނާނެ އެވެ.

މިރޭ ލޫޓަން ޓައުންއާ ދެކޮޅަށް ނުކުންނައިރު ލިވަޕޫލް އޮތީ 57 ޕޮއިންޓާ އެކު ލީގުގެ އެއް ވަނައިގަ އެވެ.

މި ލިއުމާއި ގުޅޭ