Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ގައުމީ ބާސްކެޓްބޯޅަ ޗެމްޕިއަންކަން ޓީރެކްސް އާއި ކުއީންސް ހޯދައިފި

ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޓީރެކްސް ބީސީ އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުއީންސް ބީސީ ހޯދައިފި އެވެ.

ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެ ދެޓީމުން ހޯދީ ހޯމަ ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ކުޅުނު ފައިނަލްތަކުން މޮޅުވެގެންނެވެ.

ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދީ ފައިނަލުގައި ވާދަވެރި ކުޅުމަކަށް ފަހު ކިންގްސް ބަލިކޮށްގެންނެވެ. ކިންގްސް އަކީ މިދިޔަ ތިން ފަހަރު ވެސް ބާސްކެޓްބޯޅަ ގައުމީ ޗެމްޕިއަނުންނެވެ.

ފިރިހެން ޑިވިޝަނުގެ ފައިނަލް ނިމުނީ 67-67 އިން ދެޓީމު އެއްވަރުވެގެންނެވެ. ނަތީޖާ ނެރުނީ ޓައިމްއައުޓްގެ ދެ ޕީރިއަޑް ކުޅެގެންނެވެ. އިތުރު ވަގުތުގެ ކުޅުމަށް ފަހު ޓީރެކްސް ޗެމްޕިއަންކަން ހޯދީ ކިންގްސް އަށް ވުރެ ތިން ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.

މެޗުގައި ޓީރެކްސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 23 ޕޮއިންޓާ އެކު މުހައްމަދު ހުވައިލިދު އެވެ. ކިންގްސް އަށް އެންމެ ގިނަ ޕޮއިންޓް ކާމިޔާބުކޮށްދިނީ 19 ޕޮއިންޓް ސްކޯކުރި އިބްރާހީމް ނަސީމް އެވެ.

އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުއީންސް ހޯދީ ފަސޭހަކަމާ އެކު 97-52 އިން އެލީޓް ބަލިކޮށްގެންނެވެ. މެޗުގައި ކުއީންސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ ފާތިމަތު ރިޝްމާ އެވެ. ރިޝްމާ 29 ޕޮއިންޓް އެޓީމަށް ހޯދައިދިނެވެ.

ޓީރެކްސް އާއި ކުއީންސް އިން ވަނީ ބާސްކެޓްބޯޅަ ލީގު ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

ލީގު ޗެމްޕިއަންކަން ޓީރެކްސް ހޯދީ ކިންގްސްއާ ޕޮއިންޓުގެ ގޮތުން އެއްވަރުވެ ހެޑް ޓު ހެޑްގެ ތަފާތުން މޮޅުވެގެންނެވެ.

ކުއީންސް ލީގު ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.
މި ލިއުމާއި ގުޅޭ