Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ އޮފީސް

ހުކުމް ކުރުމުގެ މުއްދަތު ހަނދުމަކޮށްދިނުމަށް، ފަނޑިޔާރުންނަށް ޕީޖީއިން ސިޓީ ފޮނުވަން ފަށައިފި

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުމުގެ މައްސަލަތަކުގައި ހުކުމް ކުރުމުގެ މުއްދަތު ހަނދުމަކޮށްދިނުމަށް، ފަނޑިޔާރުންނަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ސިޓީ ފޮނުވަން ފަށައިފިއެވެ.

ޕީޖީއިން މިއަދު އާންމުކޮށްފައިވާ އިއުލާނެއްގައިވާގޮތުން، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ދައުވާކުރާ މައްސަލަތަކަކީ އަވަހަށް ނިންމުން މުހިއްމު މައްސަލަތައްކަމަށްވުމުން އެފަދަ މައްސަލަތަކުގައި ހުކުމްކުރުމުގެ މުއްދަތުގައި ހުކުމްކޮށް ނިންމަން ފަނޑިޔާރުންނަށް ހަނދުމަކޮށްދިނުމުގެ ގޮތުން އެ އޮފީހުން ފަނޑިޔާރުންނަށް ސިޓީ ފޮނުވަން ފަށާފައިވެއެވެ.

ޤާނޫނު ނަންބަރު 17/2010، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ހުކުމްކުރާ މައްސަލަތަކީ މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންދީ، ނުވަތަ ގެއްލުން ދޭނެކަމަށް އިންޒާރުދިނުމާބެހޭ ގާނޫނުކަމަށް ވާއިރު މި ގާނޫނުގެ ތެރެއިން ހުކުމްކުރެވޭ މައްސަލަތަކަކީ ނުރައްކާތެރި މައްސަލަތަކެއްކަން ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

އެގޮތުން، މިފަދަ މައްސަލަތަކުުގެ ހުކުމް އަވަސްކުރުމަށް، މި ގާނޫނު ފާސްކުރެވުނުއިރު ރައްޔިތުންގެ މަޖިލީހުން ތަފާތު އުސޫލުތަކެއް ކަނޑައަޅާފައިިވާކަން ޕީޖީ އޮފޯހުން ފާހަގަކޮށްފައިވެއެވެ. އޭގެތެރޭގައި، ތުހުމަތުކުރެވޭ ފަރާތުގެ ހަނުހުރުމުގެ ހައްގު ހަނިކުރުމުގެ އިތުރުން، ތުހުމަތުކުރެވޭ ފަރާތުގެ ވަކީލާއެކު ދައްކާ ވާހަކަވެސް 96 ގަޑިއިރުގެ މުއްދަތަށް ހިންގަންވާނީ ފުލުހުންގެ ހާޒިރުގައިކަމަށް މަޖިލީހުން ފާސްކޯށްފައިވަނީ، އެފަދަ މައްސަލަތަކުގެ ނުރައްކާތެރިކަމުގެ ސަބަބުން ވީހާވެސް އަވަހަކަށް މައްސަލަ ނިންމުމަށްކަން ޕިޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

ހަމައެހެންމެ، އެ ގާނޫނުގައި ބުނާ މުއްދަތުތަކުގެ ތެރޭގައި މައްސަލަތަކަށް ދައުވާކުރަމުން ދާކަން ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، އެ ބާވަތުގެ މައްސަލަތަކުގެ ހުކުމް ކުރުމުގެ މުއްދަތުކަމަށް ގާނޫނުން ކަނޑައަޅާފައިވާ 30 ދުވަހުގެ މުހުލަތައްވުރެ އިތުރުނުވުމަށް ހަނދުމަކޮށްދިނުމުގެ ގޮތުން މިއަހަރުން ފެށިގެން ފަނޑިޔާރުންނަށް އޮޓޮމެޓިކް ސިިޓީ ފޮނުވަމުން ދާކަމަށް ޕީޖީއޮފީހުން މައުލޫމާތުދީފައިވެއެވެ.

ޕީޖީއިން މިމަހުގެ 3 ވަނަ ދުވަހު މައުލޫމާތުދީފައިވާގޮތުން، ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމަވައިދެއްވުން އެދި ކޯޓަށް، އޮޓޮމެޓިކުން ސިޓީ ފޮނުވަން ފަށާފައިވެއެވެ.

މި ލިއުމާއި ގުޅޭ