Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓޭޓް ބޭންކް އޮފް އިންޑިއާ

ކުރީ ސަރުކާރުން ހިލޭ އެހީއަށް ބަދަލުވާނެކަމަށް ބުނެ އެސްބީއައިއިން ދަރަންޏަށް ނެގި ފައިސާ މި އަހަރު ދައްކަންޖެހޭ!

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ޓީބިލު ވިއްކައިގެން ސްޓޭޓް ބޭންކު އޮފް އިންޑިއާ (އެސްބީއައި)އިން ދަރަންޏަށް ނެގި ފައިސާގެ ތެރެއިން ބިލިއަނެއްހައި ރުފިޔާ މި އަހަރު އެ ބޭންކަށް ދައުލަތުން ދައްކަންޖެހޭކަން ހާމަވެއްޖެއެވެ.

2019 ވަނަ އަހަރު ރައީސް އިބްރާހީމުގެ ސަރުކާރުން ޓީބިލު ވިއްކައިގެން 150 މިލިއަން ޑޮލަރު ދަރަންޏަށް ނަގާފައިވެއެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 2.3 ބިލިއަން ރުފިޔާއެވެ. އޭގ ެތެރެއިން 50 ބިލިއަން ރުފިޔާ މިހާރު މި ސަރުކާރުންވަނީ އަދާކޮށްފައެވެ. އެއީ 700 މިލިއަނެއްހައި ރުފިޔާއެވެ.

އަންނަ އޭޕްރީލު މަހާައި ޖުލައި މަހުގައި ކޮންމެ މަހަކު 50 މިލިއަން ޑޮލަަރު ސަރުކާރުން އެސްބީއައިއަށް ދައްކަންޖެހޭއިރު، މިފައިސާ ކުރިން ނަގާފައިވަނީ ފަހުން ހިލޭ އެހީއަށް ފައިސާ ބަދަލުކުރާނެކަމަށް ބުނެއެވެ. ނަމަވެސް ފާއިތުވި ފަސް އަހަރުވެސް މި ފައިސާ ހިލޭ އެހީއަށް ބަދަލުކޮށްފައިނުވެއެވެ.

އެއިރު މިފައިސާ ހިލޭ އެހީއަށް ބަދަލުކުރަން ހަމަޖެހިފައިވާކަަމަށް ކުރީގެ ސަރުކާރުން ތަކުރާރުކޮށް ބުނި ނަމަވެސް އިންޑިއާގެ ބޭންކުން އެފައިސާ ހިލޭ އެހީއަށް ބަދަލުނުކޮށް، އެ ފައިސާ ރޯލް އޯވާކޮށްފައިވަނީއެވެ.

މިފަދައިން ކުރީ ސަރުކާރުން ހިލޭ އެހީއަށް ބަދަލުވާނެކަމަށް ބުނި ބައެއް ފައިސާ ހިލޭ އެހީއަށް ބަދަލުނުވާތީ އެމްއެމްއޭއިންވެސް ހިތްހަމަނުޖެހުން ކުރީ ސަރުކާރަށް އަމާޒުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ