Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އީކޯ ޓޫރިޒަމް ފުޅާކުރެވޭނެ، އެކަމުން ފަތުރުވެރިން އަންނަ މިންވަރުވެސް އިތުރުވާނެ: ފައިސަލް

ރާއްޖޭގައި އީކޯ ޓޫރިޒަމް ފުޅާކުރެވޭނެ ކަމަށާއި އަދި އެކަމުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ މިންވަރުވެސް އަިތުރުވާނެކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައިސަލް މިފަދައިން ވިދާޅުވެފައިވަނީ އިކޯ ޓޫރިޒަމްގެ ފްރޭމްވޯކް އިފްތިތާޙު ކުރުމަށް ރޭގައި ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތުގައެވެ. މިނިސްޓަރު ފައިސަލް ވިދާޅުވީ އަދި މިހާރު ޗުއްޓީ ހޭދަކުރުމުގައި ތިމާވެއްޓާއި އެންމެ ރައްޓެހި ގޮތް ހިޔާރުކޮށްގެން ދަތުރުކުރުމަށް އިސްކަންދޭ މީހުން ގިނަވަމުން އަންނަ ކަމަށާއި ވުމާއެކު އީކޯ ޓޫރިޒަމް އަކީ ރާއްޖޭގައި ފުޅާ ކުރެވޭނެ ދާއިރާ އެއް ކަމަށެވެ.

އަދި މިއީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އެކި ދާއިރާތަކަށް ފުޅާކޮށް ޑައިވާސިފައި ކުރަންޖެހޭ ވަގުތު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އެކި ދާއިރާތަކަށް ފުޅާކޮށް ޑައިވާސިފައި ކުރަން ޖެހޭ ވަގުތު. މިކަން ކުރުމަށް ޓޫރިޒަމްގެ ދާއިރާގައި އިތުރު ޕްލޭންތައް ހެދުން ވެސް ވަރަށް މުހިންމު. އިކޯ ޓޫރިޒަމްގެ މި މަޝްރޫއު ވެގެން ދާނީ މި ކަމަށް އެޅޭ ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި. ސަރުކާރުގެ ވައުދުގެ ތެރޭގައި އިކޯ ޓޫރިޒަމް މަޝްރޫއެއް ހިމެނޭ ކަމީ ރައީސް ޑރ. މުއިއްޒުގެ ދުރު ވިސްނުންފުޅާއި ހަރުދަނާ ސިޔާސަތު ދައްކުވައިދޭ ކަމެއް.
މިނިސްޓަރު ފައިސަލް

މިނިސްޓަރު ފައިސަލް ގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި އެންވައޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ. މިނިސްޓަރު ތޯރިގު ވިދާޅުވީ ރާއްޖޭގައި މި ވަގުތު ތިމާވެށީގެ ގޮތުން ޕްރޮޓެކްޓް ކުރެވިފައިވާ 90 ސަރަހައްދެއް އެބައޮތް ކަމަށާއި އެހެން ނަމަވެސް މި 90 ސަރަހައްދުގެ ތެރެއިން މެނޭޖުކޮށް ބެލެހެއްޓެނީ ތިން ސަރަހައްދެއް ކަމަށެވެ. އަދި ބެލެހެއްޓެމުން ދަނީ ބ. އަތޮޅުގެ ބަޔޯސްފިއާ ރިޒާވާއި އައްޑު އާއި ފުވައްމުލަކުގެ ބަޔޯސްފިޔާ ރިޒާވް ކަމަށާއި ބާކީ ހުރި ސަރަހައްދުތައް ވެސް މިހާރަށްވުރެ ރަނގަޅަށް ބެލެހެއްޓޭނެ ކަމަށް ވިދާޅުވިއެވެ.

ރޭގައި އިފްތިތާހު ކުރެވިގެންދިޔަ އީކޯ ޓޫރިޒަމް ގެ ފްރޭމްވޯކް މި މަޝްރޫއުގެ ދަށުން ރާއްޖޭގައި ތިމާވެށީގެ ގޮތުން ހާއްސަ ސިފަތައް ލިބިފައިވާ ތަންތަން ލިސްޓުކޮށް އެ ތަންތަނަށް ޓޫރިސްޓުންނަށް ދެވޭނެ ގޮތްތައް ފަހިކުރުމުގެ އިތުރުން ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަން، ތިމާވެއްޓަށް އިސްކަންދޭ މިންގަނޑަކުން މިންކުރާނެއެވެ.

މި ލިއުމާއި ގުޅޭ