Monday 17th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއެމްއޭ

ގަވަރުނަރު އަލީ ހާޝިމާއެކު އެމްއެމްއޭގެ ލެކްޗާ ސީރީޒް އަތޮޅުތެރޭގައި ފަށައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އިންތިޒާމު ކޮށްގެން އަތޮޅުތެރޭގެ ސުކޫލުތަކަށް އަމާޒުކޮށް ލެކްޗާ ސީރީސް އެއް ފަށައިފިއެވެ.

އެމްއެމްއޭއިން ބުނިގޮތުގައި އެ އޮތޯރިޓީގެ ފަރާތުން އެންމެ ފުރަތަމަ ލެކްޒާ ސެޝަން ބާއްވާފައިވަމީ ޏ. ފުވައްމުލަކުގައެވެ. އެގޮތުން ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށް ގެންދިޔަ އެ ސެޝަންގައި އެ ސްކޫލްގެ ސާނަވީ ގްރޭޑްތަކުގެ ބައެއް ދަރިވަރުން ބައިވެރިވެފައިވެއެވެ.

މި ލެކްޗާ ސީރީސްގެ ފުރަތަމަ ސެޝަންގައި ގަވަރުނަރު އަލީ ހާޝިމް ވެސް ބައިވެރިވެ ވަޑައިގަންނަވާފައިވާއިރު ގަވަރުނަރު ވަނީ އޭނާގެ ތަޖުރިބާ ދަރިވަރުންނާ ހިއްސާކޮށް ދަރިވަރުންގެ ފަރާތުން ހުށަހެޅުނު އެކި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

އެމްއެމްއޭއިން ބުނީ މި ލެކްޗާ ސީރީސް ގައި ދަރިވަރުންނަށް މައުލޫމާތުދިން ބައިތަކުގެ ތެރޭގައި ރާއްޖޭގެ އިގްތިޞާދީ އަދި މާލީ ދާއިރާ ހިމެނޭކަމަށާއި މާލީ ހޭލުންތެރިކަމާއި ފަހަށް ރައްކާކުރުމުގެ މުހިއްމުކަމާ ބެހޭ ގޮތުންވެސް މައުލޫމާތު ދީފައިވާކަމަށެވެ.

މި ލިއުމާއި ގުޅޭ