Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވައްކަމާއި ފޭރުން

ފްލެޓެއް ލިބުނު ކަމަށް ބުނެ އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ނެގި މީހަކު ހައްޔަރުކޮށްފި

ފްލެޓު ލިބުނު ކަމަށް ބުނެ، މަކަރާއި ހީލަތުން އޯޓީޕީ ހޯދައި މީހެއްގެ އެކައުންޓަކުން 500،000ރ. ނެގި މައްސަލައިގައި 23 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މަހުގެ 13 ވަނަ ދުވަހު، ފުލެޓް ލިބިފައިވާކަމަށް ބުނެ އޯޓީޕީ ހޯދައިގެން 500،000 ރުފިޔާ މަކަރާއި ހީލަތުން ބަޔަކު ހޯދާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިއެވެ.

ފުލުހުން މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.

އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. މިފަދަ ސްކޭމްތަކުގައި ނުޖެހުމަށް ފުލުހުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

މި ލިއުމާއި ގުޅޭ